...

Support Us

ކޮވިޑް ޖެހި، ރަނގަޅުވެފައިވާ މީހުން ވެކްސިން ޖަހާންޖެހޭނެތޯ ބަލަނީ

"ކޮވިޑް-އޮނަވިހި" ޖެހިގެން ރަނގަޅުވެފައި ތިބި މީހުންނަށް، ކޮރޯނާ ވެކްސިން ޖަހާންޖެހޭތޯ، އެ މީހުންނަށް އެ ވެކްސިން ދިނުން މުހުތާދުތޯ ބެލުމަށްޓަކައި މެލޭޝިއާގެ ޞިއްޙަތާބެހޭ ވުޒާރާއިން ތަޙުލީލެއްކުރާން ނިންމައިފިއެވެ.

ޑިރެކްޓަރ-ޖެނެރަލް އޮފް ހެލްތު ތާން ސްރީ ޑރ. ނޫރު ހިޝާމް ޢަބްދުﷲ ވިދާޅުވި ގޮތުގައި ބަލިޖެހި ރަނގަޅުވެފައިވާ މީހުންގެ ދިފާޢީ ލަޝްކަރުގެ ފަހުލަވާނުން (އެންޓިބޮޑީޒް) މުރާލިވެ ޙަރަކާތްތެރިވާނީ ކޮވިޑްގެ ތިން ވަނަ ދަރަޖައަށް ވުރެ މަތީ ދަރަޖައަކަށް ބަލީގެ އަސަރުކޮށްފައިވާ މީހުންގެއެވެ. ބަލީގެ ޢަލާމާތް ކުޑަކޮށް ފެނިފައިވާ ނުވަތަ އެއް ގޮތަކަށް ވެސް ޢަލާމާތެއް ފެނިފައި ނުވާ، އެކަމަކު ބައްޔަށް ފައްސިވެ، ރަނގަޅުވެފައިވާ މީހުންނަކީ ފުރަތަމަ ދަރަޖައާއި ތިންވަނަ ދަރަޖައާ ދެމެދުގެ މިންވަރަކަށް ކޮވިޑް ޖެހިފައިވާ މީހުންނެވެ. މި ފަދަ މީހުންގެ ހަށިގަނޑުގެ ދިފާޢީ ބާރުތައް، ކޮވިޑާ ދެކޮޅަށް ޙަރަކާތްތެރިވުމުގެ ތަމްރީނު ލިބިފައެއް ނުވާނެއެވެ. އެހެންކަމުން މި ފަދަ މީހުންނަށް ވެކްސީން ދޭން ޖެހޭނެ ކަމަށް ބެލެވެއެވެ.

"ބަލީގެ އަސަރު ހަތަރުވަނަ ނުވަތަ ފަސްވަނަ ދަރަޖައަށް ފޯރައިފައިވާ މީހުންގެ ދިފާޢީ ނިޒާމު ތަމްރީނުވެފައި ނުވަތަ އިތުރަށް ވަރުގަދަވެފައި ވާނެ ކަމަށް ބެލެވޭ. އެކަމަކު މި ކަން އަޅުގަނޑުމެން ބަލައި ކަށަވަރުކުރާނަން،" ބަރްނާމާއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. ނޫރު ހިޝާމު ވިދާޅުވިއެވެ.

މެލޭޝިއާގެ ތާރީޚުގައި ވެސް މިހާތަނަށް ފަށާ ވެކްސިން ދިނުމުގެ އެންމެ ބޮޑު ޕްރޮގްރާމް، ކުރީން ތާވަލުކޮށްފައިވާ ތާރީޚަށްވުރެ ދެ ދުވަސް ކުރީން، މާދަމާ ފަށައި ތާރީޚުގެ ތެރެއަށް ވަންނާނެއެވެ.

ޑރ. ނޫރު ހިޝާމް ވެވަޑައިގަންނަވާނީ މެލޭޝިއާގައި އެންމެ ފުރަތަމައަށް، ފައިޒާރބައޯއެންޓެކް ވެކްސީން ޖައްސަވާ ބޭފުޅުންގެ ތެރެއިންނެވެ. މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން އެންމެ ފުރަތަމަ ވެކްސީން ޖައްސަވާނީ ބޮޑުވަޒީރު ތާން ސްރީ މުޙްޔިއްދީން ޔާސީނެވެ. ދެވަނައަށް ޑރ. ނޫރު ހިޝާމް ވެކްސީން ޖައްސަވާނެއެވެ.

އަނެއްކޮޅުން، ޑރ. ނޫރު ހިޝާމް ވިދާޅުވާ ގޮތުގައި ވެކްސިން ދިނުމުގެ ފެށުން ފާހަގަކުރެވެނީ މެލޭޝިއާގައި ކޮވިޑް ފެތުރުމުގެ ނިމުމުގެ ގޮތުގައި ވެސް މެއެވެ. އެއީ އިނގިރޭސިވިލާތުގެ ފައިޒާރބައޯއެންޓެކް ވެކްސިނުން ކޮވިޑުން ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެތީއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ވެކްސިން ޕްރޮގްރާމް އިފްތިތާޙުކުރި ނަމަވެސް ޢާންމު ޞިއްޙަތުގެ ރައްކާތެރިކަމަށްޓަކައްޔާއި ކޮވިޑް ފެތުރުން ހުއްޓުވުމަށް ޓަކައި، އަޅާން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް އަޅާނެއެވެ.

"އަލްޙަމްދުލިއްލާހި……. ޞިއްޙީ ޚިދުމަތްތެރީންގެ ގޮތުން (ބަލިފެތުރުން ހުއްޓުވުމަށް ޓަކައި) ބާރުއަޅައި ވީ އެންމެ ފުރިހަމައަކަށް އަޅުގަނޑުމެންނަށް މަސައްކަތްކުރެވޭނީ. އަޅުގަނޑުމެން ވަކީލުކުރަނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް. އަޅުގަނޑުމެން ވާތްގަށް އެދެނީ ޝިފާއަށް އެދެނީ އެކަލާނގެ ޙަޟުރަތުން" ޑރ. ނޫރު ހިޝާމު އިތުރަށް ވިދާޅުވިއެވެ.

ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙުކުރެއްވުމުގެ ގޮތުން، ބޮޑުވަޒީރު ވެކްސިން ޖައްސަވާން ތާވަލުކުރެވިފައިވަނީ މާދަމާ މެންދުރުފަހު ޕްތުރާޖާޔާ ޞިއްޙީ މަރުކަޒުގައެވެ. އެއާ ވިދިގެން، ޞިއްޙީ ވުޒާރާގެ ބައެއް ބޭފުޅުން އެ ގަޑީގައި ވެކްސީން ޖައްސަވާނެއެވެ. މީގެ ތެރޭގައި ޑރ. ނޫރު ހިޝާމް ވެސް ހިމެނިވަޑައިގަންނަވާނެއެވެ.

ކޮވިޑް ވެކްސިން ޖަހާ މީހުން، ފައިޒާރބައޯއެންޓެކް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމަށް ފަހު އޭގެ 21 ދުވަސް ފަހުން އޭގެ ދެވަން ޑޯޒެއް ޖަހާންޖެހޭނެކަމަށް ޞިއްޙީ ޚިދުމަތްތެރީން މަޢުލޫމާތުދެއްވައެވެ.

(މަޢުލޫމާތު: ނިއު ސްޓްރެއިޓްސް ޓައިމް)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.