Support Us

އަދިވެސް ބަދިގެ: މަޝްހޫރު ފުވައްމުލަކު "މަހާޑޮ"

ފުވައްމުލަކު މީހުން ކަނޑުކުކުޅަށް ކިޔައި އުޅެނީ މަހާޑޮ ނުވަތަ ހެދީމަހަ މިގޮތަށެވެ. މިފަހަރު މި ގެނެސްދެނީ ފުވައްމުލަކު މީހުން މަހާޑޮ ތައްޔާރުކުރާ ގޮތެއްގެ ތަފްސީލެވެ. މައުލޫމާތު ހޯދާލިއިރު އެރަށުގައިވެސް ދެގޮތަކަށް ތައްޔާރުކުރާކަން ވަނީ ފާހަގަކުރެވިފައެވެ.

ބޭނުންވާތަކެތި:

ކަނޑު މަސް (އެއް ކިބަ)   1 ގިތެޔޮމިރުސް

1 ފިޔާ   ރާނބާފަތް

3 ލޮނުމެދު   1 ޖޯޑު ކާށިކިރު

ހިކަނދިފަތް   2/1 އިންޗި އިނގުރު

ލޮނު       4 ސަމްސާ ދިވެހި ހަވާދު

 

ތައްޔާރުކުރާނެ ގޮތް:

ހަވާދުކޮޅުގެ ދެބައިކުޅައެއްބައި ނަގާފައި އޭގެ އެތެރެއަށް ފިޔާ، ލޮނުމެދު، ހިކަނދިފަތް، ގިތެޔޮމިރުސް، އިނގުރު، ލޮނު އެޅުމަށްފަހު ހިމުންކޮށްލާށެވެ. މަސް ކިބައިން ތުނިތުނިކޮށް އެތިއެތިކޮޅަށް މަސް ކޮށާލާށެވެ. ކޮންމެ އެތިކޮޅެއްގައި ތިންއިންޗި ވަރު ހުރުމުން ރަނގަޅުވާނެއެވެ. އެއަށްފަހު ހިމުންކޮށް ތައްޔާރުކުރި ހަވާދު މަހުގެ ދެފުށުގައި ހޭއްކުމަށްފަހު ކަނޑުކުކުޅު ގޮތަށް އޮޅާލާށެވެ. އަދި ރާނބާފަތުގެ ހިމަ އެތިކޮޅެއް ނެއްޓުމަށްފަހު އައްސާލާށެވެ. ބޭނުމިއްޔާ އެއްސުމަށް ފަންވަތް ވެސް ބޭނުން ކުރެވިދާނެއެވެ.

3 ޖޯޑު ފެން ތެއްޔަކަށް އެޅުމަށްފަހު ކައްކަން އުދާށެވެ. ފެން ކެކެން ފެށުމުން އޭގެ އެތެރެއަށް މަސް އަޅާށެވެ. އަދި ހިކަނދިފަތް، ރާނބާފަތް، ކުރިން ވަކިން ނަގާފަ ބެހެއްޓި ހަވާދާއި ކާށިކިރު އަޅައި ކައްކާށެވެ. މަސް ރޯފިލުމުން ރިހައިގެ ލޮނު ހެޔޮވަރުކުރުމަށްފަހު އުނދުންމަތިން ބާލާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *