Support Us

އަދިވެސް ބަދިގެ: ގައްދޫ "ގަރެދެ ފަތެފޮޅި" ރަހަ ތަފާތުވެފައި ވަރަށް މީރުވާނެ!

2 ފިޔާ   އިނގުރު

2 ލޮނުމެދު  1 ލުނބޯ

ކޮތަނބިރި   1 ވަޅޯ މަސް (ކުޑަ މަހެއް)

ދިރި   ގިތެޔޮމިރުސް

ދަވިއްގަނދު  ހިކަނދިފަތް

5 އަލަ (ކުދި)   ރީނދޫ

ލޮނު   ރިހާކުރު (3 ސަމްސާ)

1 ކާށީގެ ހުނި    ހަނޑޫ (1 ޖޯޑު ހަނޑޫ)

ހިކިމިރުސް

 

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ އަލައިގެ ބޭރު މެށުމަށްފަހު ހިމުންކޮށް ގާނާށެވެ. އަދި ހަނޑޫ ފެނަށް އެޅުމަށްފަހު ކުޑަކޮށް މަޑުވުމުން މިކްސަރުން ހިމުންކޮށްލާށެވެ. ފިޔާ، ލޮނުމެދު، ހިކަނދިފަތް، ގިތެޔޮމިރުސް، ހިކިމިރުސް ހިމުންކޮށް ކޮށާށެވެ. ވަޅޯމަސް ވެސް ކޮށާށެވެ. އެއަށްފަހު ކޮށި ހުރިހާ ބާވަތަކަށް ލުނބޯ އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. ކުޑަ އިނގުރުކޮޅެއް ގާނާލުމަށްފަހު އެއްކޮށްލާށެވެ. ހުނި، އަލަ، އަދި ހަނޑޫ، ރީނދޫ، ރިހާކުރު، އެއްކޮށްގެން ވަރަށް ރަނގަޅަށް މޮޑެލާށެވެ. ރަހަލާ ވަރަށް ދިރި، ކޮތަނބިރި، ދަވިއްގަނދު އަޅާ މޮޑެންވާނެއެވެ.

ގދ. ގައްދޫގައި 'ގަރެދެ ފަތެފޮޅި' ފިހަނީ ދަރު އުނދުނުގައި އަލިފާން އެންދުމަށްފަހު އޭގެ މަތީގައި ބޮޑު ތަވައެއް ފަދަ އެއްޗެއް ބާއްވައިގެންނެވެ. 'ގަރެދެ ފަތެފޮޅި' ފިހަނީ މޮޑުނު މަސްގަނޑު ކެޔޮފަތެއްގެ މައްޗަށް ރީތި ބައްޓަމަކަށް އަޅާ އެއްވަރުކޮށް އޮމާންކުރުމަށްފަހު މަތި ނުފެންނަ ވަރަށް ފަތުން ނިވާކުރުމަށްފަހު މަޑުގިނީގައި ދެފުށް ދެފުށަށް ބަދަލުކުރަމުންނެވެ. 'ގަރެދެ ފަތަފޮޅި' ފިހުނު ކަމަށް ވާނީ ރަނގަޅަށް ދެފުށްވެސް ހަރުވުމުންނެވެ. ފިހަން މަދުވެގެން އެއްގަޑިއިރު ހޭދަވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *