ބޭނުންވާތަކެތި:
ފުށް
ދިވެހި ހަކުރު
ބޭކިންގ ޕައުޑަރ
ކުކުޅު ބިސް
ހުވަނދުމާ ފެން
ތެޔޮ (ކައްކަން ބޭނުންކުރާ)
ތައްޔާރުކުރާނެ ގޮތް:
ދިވެހި ހަކުރު، ކުކުޅު ބިސް، ހުވަނދުމާ ފެން، ބޭކިން ޕައުޑަރ އެޅުމަށްފަހު ފުށް މޮޑެލާށެވެ. ބޭނުން ޑިޒައިނަކަށް އުޅާލި ތައްޔާރު ކޮށްލެވިދާނެއެވެ. ތަވާއަށް ތެޔޮ އެޅުމަށްފަހު އުނދުންމައްޗަށް އުނދާށެވެ. ތެޔޮ ހޫނުވުމުން އުޅާލި އެޅުމަށްފަހު، އުޅާލީގެ ކުލައަށް ބަދަލު އަންނަންދެން ތެލުލާށެވެ.
އުޅާލިވެސް އެކި ގޮތްގޮތަށް އެކި ބައްޓަމަށް ތައްޔާރުކުރާކަން ފާހަގަކުރެވެއެވެ. މިގޮތުން ދިވެހި ހަކުރު އުޅާލި، އާދައިގެ ހަކުރު އުޅާލިވެސް ތައްޔާރުކުރެއެވެ. އަދި އުތުރުގެ ބައެއް ރަށްރަށުގެ މީހުން ތައްޔާރު ކުރާ އުޅާލީގެ ބައްޓަން ވަރަށް ރީތިވެފައި ތަފާތުކަން ފާހަގަކުރެވެއެވެ.