ބޭނުންވާތަކެތި:
ފިޔާ ޓޮމާޓޯ ޕޭސްޓް
ލޮނުމެދު ލޮނު
ހިކިމިރުސް ހިކަނދިފަތް
ގިތެޔޮމިރުސް މުގުރި އަސޭމިރުސް
ތެޅި މިރުސް ކަންނެލި ބަނޑު
ޓޮމާޓޯ
ތައްޔާރުކުރާނެ ގޮތް:
ކަންނެލި ބަނޑު (ދޮންބިސް، ޅަގޮނޑި، މޭ، ގޮހޮރު،) ސާފުކުރުމަށްފަހު ރަނގަޅަށް ދޮވެލާށެވެ. އެއަށްފަހު ބޭނުން ސައިޒަކަށް ކޮށާލުމަށްފަހު ފެން އެއްޗަކަށް ލޮނުކޮޅެއް އަޅާ ކުޑައިރުކޮޅަކަށް ކައްކާލާށެވެ. އެއަށްފަހު އޭގައި ހުރި ފެން އުކާލައިފައި އަނެއްކާވެސް ދޮވެލާށެވެ.
ފިޔާގަނޑު ތައްޔާރުކުރުމަށް، ފިޔާ، ލޮނުމެދު، ހިކިމިރުސް، ގިތެޔޮމިރުސް، ޓޮމާޓޯ ކޮށާލާށެވެ. ތަވާ އުނދުންމައްޗަށް އުދުމަށްފަހު ތެޔޮފޮދެއް އަޅާ ހުރިހާ ބާވަތެއް އެޅުމަށްފަހު ފިޔާގަނޑު ރަނގަޅަށް މޯޅިވަންދެން މަނޑުމަޑުން އެއްކުރަމުންދާށެވެ. ފިޔާގެ ކުލައަށް ބަދަލު އައުމުން އޭގެ އެތެރެއަށް ޓޮމާޓޯ ޕޭސްޓް، ލޮނު، މުގުރި އަސޭމިރުސް، ތެޅި މިރުސް އަޅާ އިރުކޮޅަކަށް ކައްކާށެވެ. އެއަށްފަހު ކަންނެލި ބަނޑު އަޅާ ރޯފިލަންދެން ކައްކާށެވެ.