Support Us

ހޯރަފުށީ އަތިރީގައި ދެ މީހަކު މަޑުކޮށްލައިގެން 1999 ވަނަ އަހަރު.... -ފޮޓޯ: އަހުމަދު ޝިޔާމް

އެހާރުގެ ހުވަރަފުށި، މިހާރުގެ ހޯރަފުށި- މުޅި ރާއްޖެއިން މިސާލީ ރަށެއް

އެ ރަށުގެ އަސްލު ނަމަކީ ހޯރަފުށި ކަމަށްވެއެވެ. މިނަން ޢަރަބި ބަހުން ކިޔެނީ ހުވަރަފުށި ކަމަށްވާތީ، ހުވަރަފުށި ރަސްމީ ނަމެއްގެ ގޮތުގައި ކަނޑައެޅިފައި އޮތީ ކަމަށްވެއެވެ. މިގޮތަށް 1980ގެ އަހަރުތަކާ ހަމަޔަށް ރަސްމީ ނަމަކީ ހުވަރަފުށި ކަމުގައިވިއެވެ. މީގެ 30 އަހަރުކުރިން، 1990 ފެށުނުއިރު ރަސްމީ ނަމަކީ ހޯރަފުށި ކަމަށް ސަރުކާރުން ހަމަޖެއްސެވިއެވެ.

ހޯރަފުށީ ބަނދަރުމަތި  -ފޮޓޯ: ހޯރަފުށި/އެފް.ބީ

ހޯރަފުށްޓަކީ ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ގޮތުން މުޅި ރާއްޖެއަށް މަޝްހޫރު، މަޤްބޫލު ރަށެކެވެ. ވަޠަނީ، ޤައުމީ ރޫޙު ވަރުގަދަ ހިތްގައިމު މިސާލީ ރަށެކެވެ.

ހޯރަފުށީ ކުޑަކުދިންގެ ދުވުމެއް މީގެ އަހަރުތަކެއް ކުރިން…  -ފޮޓޯ: ހޯރަފުށި/އެފް.ބީ

މީގެ 110 ވަރަކަށް އަހަރު ކުރިން، 1911ގެ ރާއްޖޭގެ ފުރަތަމަ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޮޑުތިލަދުންމަތިން އެންމެ އާބާދީ ބޮޑު ރަށަކީ ހޯރަފުށްޓެވެ. މިގޮތުން 1911ގައި ހޯރަފުށީގެ އާބާދީއަކީ 1811 އެވެ. އަދި 1911 ގައި ބޮޑުތިލަދުންމަތިން ދެ ވަނައަށް އެންމެ އާބާދީ ބޮޑު ކުޅުދުއްފުށީގެ އާބާދީއަކީ 1697 އެވެ.

ހޯރަފުށީ ކަނބަލުންގެ ކުޅިވަރު ހަރަކާތެއް މީގެ އަހަރުތަކެއް ކުރިން…  -ފޮޓޯ: ހޯރަފުށި/އެފް.ބީ

މީގެ 70 އަހަރު ކުރިން، އަމީނީ ދައުރު (1945-1953)ގެ ރަށްވެހިކަމުގެ ތެރެއިންވެސް ހޯރަފުށްޓަކީ ވިދާލި ރަށެކެވެ. މިގޮތުން ފުރަތަމަ ޖުމްހޫރިއްޔާގެ ދާރުއްރިޔާސާގައިވެސް ހޯރަފުށީގެ ޖިންސުއްލަޠީފުންގެ ފަރި ހަރަކާތްތައް ޝާމިލުވިއެވެ.

ހޯރަފުށީގެ ތާރީޚަށް ބަލާއިރު، މަޝްހޫރު މައުލަވީ ހުތް ޢަލިދީދީ (ދިވެހިބަހުން އެންމެ ފުރަތަމަ ޅެންހެއްދެވި)ގެ ދަރިކޮޅު ހޯރަފުށްޓާ ގުޅިފައިވާކަން ފާހަގަކުރެވެއެވެ. އެއީ ޝައިޚް ޙުސައިން ފަހުމީމެން ބޭފުޅުންނެވެ.

ހޯރަފުށީ އަލްމަރުޙޫމް އާދަމް ސަލީމް  -ފޮޓޯ: ހޯރަފުށި/އެފް.ބީ

ހޯރަފުށިން އުފެދުނު އަދީބުންގެ ތެރެއިން މަޝްހޫރު ހޯރަފުށި އަލްމަރުޙޫމް އާދަމް ސަލީމް (ރަޙިމަހުﷲ) ފާހަގަކުރެވެއެވެ. އަދި މަޝްހޫރު ހިތްގައިމު ލަވަތަކުގެ ރީތިއަޑުގެ ވެރި ހޯރަފުށި އަލްމަރުޙޫމާ ފަރީދާ (ރަޙިމަހުﷲ) ފާހަގަކުރެވެއެވެ.

ހޯރަފުށްޓަށް ނިސްބަތްވާ ލިޔުންތެރިންނާއި އަދަބީ ފަންނުވެރިން ވެސް ރާއްޖޭގައި ގިނަގުނައެވެ. ނޫސްވެރިންނާއި މީޑިއާގެ ހުނަރުވެރިންވެސް ގިނައެވެ. މިކަންކަމުގެ އިސްސަފުގައި އެހާރާއި މިހާރުވެސްމެއެވެ. މަޑުލު މުޙައްމަދު ވަޙީދު، ހޯރަފުށި އިބްރާހީމް ޚަލީލު، ހޯރަފުށި މުޙައްމަދު ސަލީމް ފާހަގަކޮށްލެވެއެވެ. މި ބޭފުޅުން ވަނީ ސަރުކާރުގެ އިސް މަޤާމުތަކެއް ވެސް އަދާކުރައްވާފައެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް

ސިޔާސީ ގޮތުން، މިހާރު އެންމެ ބޮޑަށް ފާހަގަވެގެންވަނީ، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާއެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާޙިމާ ކައިވެނި ބައްލަވައިގެން އުޅުއްވާ މިނިސްޓަރ ނަހުލާ ހިމެނިވަޑައިގަންނަވަނީ ހޯރަފުށީގެ ތާރީޚުގައި ފާހަގަކުރެވޭ ފުރަތަމަ މިނިސްޓަރު ކަމުގައެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މަގާމު ޢާއިޝަތު ނަހުލާ އަށް ދެއްވަނީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *