...

Support Us

ކޯސެއާ އިން ވަޔަލެސް ހެޑްސެޓެއް ނެރެނީ

ކޯސެއާ އަކީ ގިނަ ބަޔަކު ދަންނަ ގޮތުގައި، ކޮމްޕިޔުޓަރު މެމޮރީ އުފައްދާ ކުންފުންޏެކެވެ. ތެދެކެވެ. ކޯސެއާ އިން މެމޮރީ ވެސް އުފައްދަ އެވެ. އެކަމަކު، ކޯސެއާގެ އުފެއްދުންތަކުގެ ދާއިރާ މި އަށް ވުރެ މާ ފުޅަލެވެ.

ކޯސެއާ އަކީ ކޮމްޕިޔުޓަރު ހާޑްވެއާ އުފައްދާ ކުންފުންޏެކެވެ. ކޮމްޕިޔުޓަރު މެމޮރީ، "ޕަވާ ސަޕްލައި"، "ސީޕީޔޫ ފޭން"، "ސްޓޯރޭޖް – ހާޑް ޑިސްކް ޑްރައިވް އާއި އެސްއެސްޑީ" އަދި "ތަންޑާބޯލްޓް ޑޮކްސް" – މިއީ އަދި މަދު މިންވަރެވެ.

ކޯސެއާ އިން ހެޑްސެޓް ވެސް އުފައްދަ އެވެ. މި ފަހަރު ހެޑްސެޓެއްގެ ވާހަކަ ސުރުޚީ އަށް އަރައިގެން މި އުޅެނީ، މައިކްރޮސޮފްޓް އެކްސްބޮކްސް އަށް ޚާއްސަކޮށްފައި ވާތީ އެވެ. ވިންޑޯޒް 10 ކޮމްޕިޔުޓަރުތަކުގައި ވެސް ބޭނުންކުރެވެ އެވެ. މިއީ ވަޔަލެސް އަދި މުޅިން ގޭމިން އަށް ޚާއްސަ ހެޑްސެޓެކެވެ. މޮޑެލް ނަންބަރަކީ HS75 XB އެވެ. އާންމުކޮށް ވިއްކަން ފަށާ ތާރީޚަކީ ނޮމެވްބަރު 10 އެވެ.

ކޯސެއާ އިން ބުނާ ގޮތުގައި، މީގެ ކުރިން ކޯސެއާ ހެޑްސެޓެއްގައި ނެތް ސައުންޑް ޓެކްނޮލޮޖީ – މި ހެޑްސެޓްގައި ގާއިމުކުރެވިފައި ވެ އެވެ. އެކްސްބޮކްސް ސީރީޒްގެ ކޮންސޯލްތަކާ ގުޅުވާލުމަށް އަދި ވިންޑޯޒް 10 ކޮމްޕިޔުޓަރުތަކާ ގުޅުވާލުމަށް ތަކުލީފަކަށް ނުވެ އެވެ. ބެޓެރީ ޗާޖް 20 ގަޑިއިރު ދަމަހައްޓާ ކަމަށް ކޯސެއާ އިން ބުނެ އެވެ. ގަންނަން ލިބޭ އަގަކީ – ޝިޕިން ނުލައި – 149.99 ޑޮލަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *