Support Us

އައިފޯން 12، ޗާޖަރާ ނުލައި – އެޕަލްގެ ނިޔަތަކީ އޮޅުވާލުމެއް

އެޕަލްއިން އައިފޯން 12، ޗާޖަރާ ނުލައި ރިލީޒްކޮށްފި އެވެ. އެޕަލްއިން އާންމުނަށް ވިސްނައިދޭން ބޭނުންވަނީ، ފޮށީގައި ޗާޖަރު ނުހިމެނީ – އިލެކްޓްރޯނިކް ކުނި ގިނަވާތީ ކަމަށެވެ. މިކަމުން ތިމާވެއްޓަށް ފައިދާކުރާނެ ކަމަށެވެ. (އިލެކްޓްރޯނިކް ކުންޏަކީ ބޭނުން ކެނޑިފައި ހުރި ޕްރިންޓަރު، ކޮމްޕިއުޓަރު، އަވަން، ބެޓެރީ ސްމާޓްފޯން އަދި ޓީވީ ފަދަ އާލަތްތަކެވެ.)

އައިފޯން 12އާ އެކު، ފޮށީގައި ޗާޖަރު ނުހިމެނިއެއް ކަމަކު – އައިފޯން 12އާ އެކު ވަކިން ވިއްކުމަށްޓަކައި އެޕަލްއިން ޗާޖަރުތައް ހުރީ އުފައްދާފަ އެވެ. އެހެންކަމުން، އައިފޯން 12 ގަންނަ ކޮންމެ މީހަކު ވަކި ޗާޖަރެއް ގަތުން އެ އޮތީ އެ މީހެއްގެ އިޚުތިޔާރަށް ދޫކޮށްލެވިފަ އެވެ.

އައިފޯން 12އާ އެކު ޗާޖަރު ހިލޭ ނުދޭން ނިންމީ، ތިމާވެއްޓަށް ހަދިޔާއެއް ދިނުމަށް ކަމަށް އެޕަލްއިން ބުނެ އެވެ. އެކަމަކުވެސް، ޗާޖަރު ގަންނަން އެދޭ ހަމަ ކޮންމެ މީހަކަށް ޗާޖަރު ވިއްކުމުން – އެޕަލްގެ ނިޔަތާ މެދު ސުވާލު އުފެދެ އެވެ.

އައިފޯން 12އާ އެކު ޗާޖަރު ނުދިނުން ރަނގަޅެވެ. އެޕަލްގެ ނިޔަތުގައި އިޚުލާސްތެރި ނަމަ، ޗާޖަރަކީ މި ފަހަރު އެއްގޮތަކަށް ވެސް އުފައްދާނެ އާލާތެއް ނޫނެވެ. އެންމެ ރަނގަޅު ގޮަތަކީ ބާ ޗާޖަރު ގެނައުމުން އާ ޗާޖަރު ދިނުމެވެ.

އެޕަލްއިން އައިފޯން 12 އުފައްދާފައި ވަނީ ވެސް ޗާޖަރެއް ނުހޯދައި ފޯނު ބޭނުންނުކުރެވޭ ގޮތަށެވެ. އައިފޯން 12އާ އެކު ލިބޭ ކޭބަލަކީ އެއްކޮޅު "ޓައިޕްސީ" އަނެއް ކޮޅު "ލައިޓްނިން" ކޭބަލެކެވެ. އައިފޯން އާއިލާގައި މި ކަހަލަ ކޭބަލެއް ތައާރުފުކުރީ އަދި މުޅިން އަލަށެވެ.

އައިފޯނާ އެކު ހަމަ ކޮންމެ މީހަކު ވެސް، އެޕަލް ލޯގޯޖެހި ޗާޖަރެއް ބޭނުންވެ އެވެ. އައިފޯން ބޭނުންކުރާ މީހުންނަކީ ވަރަށް ބަލައިގެން – ފެންވަރު ރަނގަޅު "އެކްސެސޮރީޒް" ހޯދާ ބައެކެވެ. އެހެންކަމުން، ޓައިޕްސީ ކޮޅު ޖެހޭ އެހެން ޗާޖަރެއް އޮތް ނަމަވެސް، އައިފޯނަށް އޮންނަން ޖެހޭނީ އެ އައިފޯނާ ގުޅޭ ވަކި ޗާޖަރެކެވެ.

އައިފޯން 12 ގަންނަ މީހުންގެ ބޮލުގައި ތިމާވެށި ތާކިހާ އަޅުވައި، އެޕަލްއިން ކުރަން އުޅޭ ކަމަކީ ވަކި ވަކިން ޗާޖަރުތައް ވިއްކައި، މާލީ ތަނަވަސްކަން ހޯދުމެވެ. އައިފޯން 12އާ އެކު ޗާޖަރު ނުދޭ ކަމަށް ބުނެ އަޑުއެރުވުމުން، އައިފޯން 12އާ ގުޅޭ ގޮތަށް އުފައްދާ "ތާޑްޕާޓީ" ޗާޖަރުތައް މާކެޓްގައި ވާނީ ގިނަ އެވެ. ހެޔޮ އަގުގައި ފެންވަރު ރަނގަޅު ޗާޖަރުތައް ލިބުން ވާނީ ފަސޭހަ އެވެ. އެޕަލްއިން ތިމާވެއްޓަށް ދޭނެ ކަމަށް އެ ބުނާ ހަދިޔާގެ ހަގީގަތަކީ މި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *