ޔަމަނުގެ ސަރުކާރު ގާއިމުކޮށްފައިވައި އަދަން ސިޓީއާ ހޫތީން 60 ކިލޯމީޓަރު (37 މޭލު) ކައިރިއަށް ޖެހިލައިފިއެވެ.
އީރާނަށް ތާއީދުކުރާ ހޫތީންގެ މި ކާމިޔާބާ ގުޅިގެން، ޔަމަނުގެ ސަރުކާރުގެ ބާރުތައް ދިފާއީ ހާލަތަކަށް ވެއްޓި، ޔަމަނުގެ ދެކުނު ސަރަހައްދުގެ ކޮންޓްރޯލް ގެއްލިދާނެކަމުގެ ބިރު މިހާރުވަނީ ބޮޑުވެފައެވެ.
ހޫތީން މިހާރުވަނީ ލަހިޖު ޕްރޮވިންސްގެ ސްޓްރެޓީޖިކް ސަރަހައްދުތައް ހިފައި، ރަތް ކަނޑުގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދައިފައެވެ. ސަރުކާރުގެ ބާރުތަކުންވަނީ އަދަން ވަރުގަދަކުރުމަށްޓަކައި ޒުބާބު އެއާޕޯޓާއި ސްޓްރެޓީޖިކް ބާބުލްމަންދަބު ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތަކުން ފަހަތަށް ޖެހިފައެވެ.
ޔަމަނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް މާޖިދު އަލް-ނުޒައިލީ ބުނީ ސަރުކާރުގެ ބާރުތަކުން ހޫތީންގެ މަރުކަޒުތަކަށް 661 ހަމަލާ ދީފައިވައިކަމަށެވެ. މީގެ ތެރޭގައި ވައިގެ 15 ހަމަލާއާއި އާޓިލަރީ 526 ހަމަލާއާއި ޑްރޯންގެ 53 ހަމަލާއާއި ރޮކެޓުގެ 67 ހަމަލާ ހިމެނެއެވެ. އޭނާ ބުނީ މި ހަމަލާތަކުގެ ސަބަބުން ހޫތީންގެ 173 ހަނގުރާމަވެރިން މަރުވެ ނުވަތަ ޒަހަމްވިކަމަށެވެ.
ޔަމަނުގެ ވެރިރަށް ސަންއާ ހިފައިގެން ތިބި ހޫތީން ބަލިކުރުމަށް އެކުލަވައިލައިފައިވައި، ސައުދީ އަރަބިއްޔާ އިސްވެ އޮތް ކޯލިޝަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް-މާލިކީ މިއަދު ބުނީ ކޯލިޝަންގެ ބާރުތަކުން ޔަމަނުގެ ހަތަރު ގަވަރްނަރޭޓެއްގައިވާ ހޫތީންގެ އަސްކަރީ 60 އަމާޒަކަށް ހަމަލާދީފައިވައިކަމަށެވެ.
ހޫތީންނާއި ހަރުކަށި ފިކުރުގެ ގްރޫޕްތަކާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ދެކުނުގެ ޖަމާއަތެއްކަމަށްވާ ސަދަން އާމްޑް ފޯސަސްއިން ބުނީ އެ ޖަމާއަތުން ފަހަތަށް ޖެހުން މުހިންމުވީ އަދަން ރައްކާތެރިކުރުމަށްޓަކައިކަމަށެވެ.
"މި ފިޔަވަޅު އަޅައިފައިވަނީ ވެރިރަށް އަދަނާއި ކައިރީގައިވާ ގަވަރްނަރޭޓްތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި ހަނގުރައިމައިގެ ކުރީ ސަފުތައް ވަރުގަދަކުރުމަށާއި މިހާރުވެސް ކުރިމަތިވެފައިވައި ނުރައްކާތަކަށް ހައްލު ހޯދުމަށް އިސްކަންދިނުމުގެ މައްޗަށް ބިނާކޮށް،" ސަދަން އާމްޑް ފޯސަސްއިން ބުންޏެވެ.
ހޫތީންވަނީ އައްސޭރިފަށުގައިވައި އެ މީހުންގެ މަރުކަޒުތައްވެސް ވަރުގަދަކޮށްފައެވެ. އެ ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ބުނީ ހޫތީންވަނީ ސައޫދީގެ ވެރިރަށް ރިޔާޒް ކައިރީގައިވާ ތެޔޮ ޕަމްޕުކުރާ ސްޓޭޝަންތަކަކަށާއި ސައުދީގެ ދެކުނުގައިވާ ރާޑަރު މަރުކަޒަކަށް އަމާޒުކޮށް ހަމަލާދީފައިކަމަށެވެ. ސައުދީ ކޯލިޝަނުން ބުނީ ކްރޫޒް ދެ މިސައިލް އިންޓަސެޕްޓްކުރިކަމަށެވެ.
މި ނާކާމިޔާބީތަކުގެ ސަބަބުން ސަރުކާރަށް ތާއީދުކުރާ ބާރުތަކުގެ މެދުގައި ހުރި ބައިބައިވުންތައްވަނީ ހާމަވެފައެވެ. އަދި މިއާއެކު، ދެކުނުގެ ވަކިވެގަންނަން އުޅޭ ފަރާތްތަކަށް، އަދަންގެ ދިފާއުވެރިންގެ ގޮތުގައި އެ ގްރޫޕްތައް އަމިއްލައަށް ތަމްސީލުވެގަތުމަށް އެ ގްރޫޕްތަކަށްވަނީ ފުރުސަތު ލިބިފައެވެ.
އެމެރިކާގައި ގާއިމުކޮށްފައިވާ ކޮންސަލްޓެންސީ ދޭ، ބާޝާ ރިޕޯޓްގެ ޔަމަން އެނަލިޓިކްސް މާހިރު، މުހައްމަދު އަލް-ބާޝާ އޭ.އެފް.ޕީއަށް ބުނީ ސަރުކާރުގެ ފައުޖުތައް ތިބީ ދިފާއީ ހާލަތެއްގައި ބޮޑުތަނުން ތާށިވެފައިކަމަށެވެ. ހަމަލާ ދިނުމުގެ އާ ސަފުތައް ހުޅުވުމަށާއި ހޫތީންގެ ވަސީލަތްތައް ހަނިކުރުމަށާއި އިސްނަގައިގެން ކުރި ހޯދުމަށް ނުކުޅެދިފައިކަމަށެވެ.
ހޫތީންނަށް އަދަން އަދި ނުހިފެއެވެ. ނަމަވެސް، އެ ޖަމާއަތުގެ ކުރިއެރުމަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވައި، އަދަނުގައި ގާއިމުވެފައި އޮތް ޔަމަނުގެ ސަރުކާރަށް އޮތް ބޮޑު ނުރައްކަލެކެވެ. އެ ސަރުކާރު ދެމިއޮތުން މިހާރު ބޮޑަށް ބިނާވެފައިވަނީ ބައިބައިވެފައިވައި އެ ސަރުކާރުގެ ބާރުތަކަށް އެ ސިޓީ ހިފެހެއްޓޭނެތޯ ނުވަތަ ނޫންތޯގެ މައްޗަށެވެ.



advertisment