މި ޕޯޓަލަކީ ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދަވައި، ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ގާތުން ބެއްލެވޭނެގޮތަށް އިފްތިތާޙުކުރި ޕޯޓަލެކެވެ.

މި ޕޯޓަލްގެ ޚިދުމަތް މިވަގުތަށް ވެބް މެދުވެރިކޮށް ފެއްޓި ނަމަވެސް، ކައިރި މުސްތަގުބަލެއްގައި މި ޚިދުމަތަށް ޚާއްސަކުރެވޭ ފޯނު އެޕްލިކޭޝަންވެސް އިފްތިތާޙުކުރާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މީގެ އިތުރުން މިވަގުތުވެސް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ޚިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.