އެމެރިކަން އެކްސްޕްރެސް ބޭނުންކޮށްގެން ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފިއެވެ.
ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ކަސްޓަމަރުންނަށް ފެށި މި ޕްރޮމޯޝަނަކީ ކޮންމެ ދުވަހަކު ކުރާ ވިޔަފާރިތަކުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މިއަދުން ފެށިގެން މި އަހަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކޮށްގެން ހަފުތާއަކު މަދުވެގެން 1,000ރ.ގެ ވިޔަފާރިކުރާ ކަސްޓަމަރުން ގުރުއަތުގައި ބައިވެރިކުރެވޭނެއެވެ. މީގެ ތެރޭގައި ބީއެމްއެލްގެ ޕީއޯއެސް (POS) ޓާމިނަލްތަކާއި، ޕޭމަންޓް ގޭޓްވޭ އަދި ކިއުއާރު (QR) މެދުވެރިކޮށް ކުރާ މުއާމަލާތްތައް ހިމެނެއެވެ.
ޑިސެމްބަރު 31ގައި މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ހަތަރު ނަސީބުވެރިއަކަށް ތިރީގައިވާ އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިނާމުތައް
- ހާޑް ރޮކް ކެފޭ މޯލްޑިވްސްގައި ދެ މީހަކަށް ރޭގަނޑުގެ ކެއުން.
- މެކްބުކް ނިއޯ، އެޕަލް ވޮޗް އަދި އެއަރޕޮޑްސް ހިމެނޭ އެޕަލް ބަންޑަލްއެއް
- ބ. ފުޅަދޫގައި ހުންނަ ވިލާ މިއާގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތާއި، އިތުރު ހަތަރު މީހުންނާއެކު އެކްސްކާޝަން ދަތުރެއް
- ރިސޯޓެއްގައި ދެ މީހަކަށް ދެ ރޭގެ ޗުއްޓީއަކާއެކު މަންތާ ރޭ ބަލަން ދިއުމުގެ ފުރުސަތު



advertisment