Support Us

އެފްސީ އަންދޯރާގެ ގޯލްކީޕަރު ހޭސޫސް އޮވޯނޯ (ކ) އަދި ހިތް ހުއްޓިގެން މަރުވި ސީޑީ ތެނެރީފޭގެ ފޯވާޑް ހޭސޫސް ދެ މިގޭލް

ފޯވާޑް މަރުވުމުން ގޯލްކީޕަރުގެ މައްސަލަ ތަހުގީގުކުރަން ފަށައިފި

ސްޕެއިންގެ ދެވަނަ ޑިވިޝަންގެ މެޗެއްގައި އެފްސީ އަންދޯރާގެ ގޯލްކީޕަރު ހޭސޫސް އޮވޯނޯއާއި ސީޑީ ތެނެރީފޭގެ ފޯވާޑް ހޭސޫސް ދެ މިގޭލް މުޑިއަރައި ދެ މިގޭލް މަރުވި ހާދިސާ ފުލުހުން ތަހުގީކުރަން ފަށައިފިއެވެ.

ސްޕެއިންގެ އުމުރުން 30 އަހަރުގެ ދެ މިގޭލްގެ މޭމައްޗަށް ބޮޑު އަނިޔާއެއް ލިބުނީ މި ދިޔަ ހޯމަ ދުވަހުގެ މެޗުގައި ދުރުން ފޮނުވައިލި ބޯޅައެއް ދިފާއުކުރަން އޮވޯނޯ އުޅުމުގެ ތެރޭގައި ދެ މީހުން މުޑިއެރުމުންނެވެ. މި ކަމާ ގުޅިގެން އޮވޯނޯއަށް ވަގުތުން ރަތް ކާޑު ދެއްކިއެވެ. ދެ މިގޭލް ހިތް ހުއްޓިގެން މި ދިޔަ އަންގާރަ ދުވަހުވަނީ ހޮސްޕިޓަލުގައި މަރުވެފައެވެ.

މެޗެއްގެ ތެރޭގައި ދަނޑުމަތީގައި ހިނގާ ކަމަކުން ކުޅުންތެރިއަކު މަރުވުމަކީ ނާދިރު ކަމެކެވެ. އަދި މި ފަދަ ހިތާމަވެރި މައްސަލައެއްގައި ކުރިން އަމަލުކޮށްފައިވާ އުސޫލެއް ނެތެވެ.

ސްޕެއިންގެ ރަސްމީ އިދާރާތަކުންވަނީ މި މަރުގެ މައްސަލައިގައި ޝަރުއީ ތަހުގީގެއް ފަށައިފައެވެ. ނަމަވެސް ސަންތާ ކްރޫޒް ދެ ތެނެރީފޭގެ އިސް ޕްރޮސެކިއުޓަރު ހޯސޭ ލުއީސް ސަންޗޭޒް-ހައުރެގީ ބުނީ މި ހާދިސާ ހިނގައިފައިވަނީ ފުޓްބޯޅަ މެޗެއްގެ ތެރޭގައިކަމަށްވާތީ ޖިނާއީ ދައުވާއެއް އުފުލުމުގެ ފުރުސަތު ކުޑަކަމަށެވެ.

އޮވޯނޯވަނީ މި ހާދިސާއާ ގުޅިގެން އިންތިހާއަށް ހިތާމަކުރާކަން ހާމަކޮށްފައެވެ.

"މިއީ އަހަރެންގެ ދިރިއުޅުމުގައި ކުރިމަތިވި އެންމެ އުނދަގޫ ދުވަސްތައް. ބުނާނެ އެއްޗެއްވެސް ނޭނގެ. ހިނގާދިޔަ ކަންތައް ގަބޫލުކުރަން ވަރަށް ދަތި. ހޭސޫސް ވަކިވެދިއުމުގެ ހިތާމަ ވަރަށް ބޮޑު. އަހަރެންގެ ހެޔޮދުއާވަނީ އޭނާއަށާއި އޭނާގެ އާއިލާއަށާއި އަދި އޭނާދެކެ ލޯބިވި އެންމެންނާއެކު،" އިކުއޭޓޯރިއަލް ގިނީގެ ގައުމީ ޓީމަށް ކުޅޭ އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

އެފްސީ އަންދޯރާގެ ގޯލްކީޕަރު ހޭސޫސް އޮވޯނޯއާއި ސީޑީ ތެނެރީފޭގެ ފޯވާޑް ހޭސޫސް ދެ މިގޭލް ހޯމަ ދުވަހުގެ މެޗުގައި މުޑިއަރަނީ

އަންދޯރާގެ ޑިފެންޑަރު ލައުތާރޯ ސްޕާޓްޒްވަނީ އޮވޯނޯގެ ދިފާއުގައި ވާހަކަދައްކައިފައެވެ.

"އޭނާ ދަންނަ އަހަރެމެންނަށް އެނގޭ އޭނާއަކީ ކޮން ކަހަލަ މީހެއްކަން. އޭނާއަށް މި ވަގުތު ލިބެމުންދާ ވޭން. އަދި އޭނާ ގަސްދުގައި އެކަކަށްވެސް އަނިޔާއެއް ނުކުރާނެކަން،" ސްޕާޓްޒް ބުންޏެވެ.

ހިތް ހުއްޓިގެން މަރުވި ސީޑީ ތެނެރީފޭގެ ފޯވާޑް ހޭސޫސް ދެ މިގޭލް ހޯމަ ދުވަހުގެ މެޗުގައި އަނިޔާވުމުން ދަނޑުން ގެންދަނީ

ފުޓްބޯޅަ ބައެއް ސަޕޯޓަރުންވަނީ އޮވޯނޯއަށް ބޮޑު އަދަބެއް ދިނުމަށް އެދިފައެވެ. އަނެއް ބަޔަކު އޭނާ ދިފާއުކޮށް، ދެ މިގޭލަށް އޭނާ ގަސްދުގައި އަނިޔާކުރިކަމަށްކުރާ ތުހުމަތުތައް ދޮގުކުރެއެވެ.

ސްޕެއިންގެ ފުޓްބޯޅަ އިދާރާ، ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން އެ އިދާރާގެ އަހްލާގީ ގަވާއިދުގެ ދަށުން އޮވޯނޯއަށް ދިގު މުއްދަތެއްގެ ސަސްޕެންޝަނެއް ދިނުމާމެދު ވިސްނުން އެކަށީގެންވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *