Support Us

ހުރުމުޒު ކަނޑުއޮޅި ދެ ދުވަސް ތެރޭ ހުޅުވައިލަން ތައްޔާރު: އީރާން

ހުރުމުޒު ކަނޑުއޮޅި ދެ ދުވަސް ތެރޭ ހުޅުވައިލަން އޮތީ ތައްޔާރަށްކަމަށް އީރާނުން މިއަދު ބުނެފިއެވެ. އީރާނުން ކުރިން ހުށަހަޅައިފައިވަނީ ހަތް ދުވަސް ތެރޭ ހުރުމުޒު ހުޅުވައިލުމަށެވެ.

އީރާނުން ބުނީ އެމެރިކާއާއެކު މަޝްވަރާތައް ބޭއްވުމަށާއި ސުލްހަ ގާއިމުކުރުމުގެ ޝަރުތުތައް ބަޔާންކޮށް އީރާނުން ހުށަހެޅި ހަތް ނުކުތާގެ އޮނިގަނޑަށް އެމެރިކާއިން އެދެވޭ އިޖާބައެއް ލިބޭނެކަމަށް އުއްމީދުކުރާކަމަށެވެ.

އީރާނުން ބުނީ އިސްރާއީލާ ގުޅިގެން އެމެރިކާއިން މި ދިޔަ ފެބްރުއަރީގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމުމަށްޓަކައި އެމެރިކާއާއެކު ގާއިމުކުރާ އެއްބަސްވުމެއްގައި ދޫދިނުންތަކެއް ދޭން ތައްޔާރަށް އޮތް ކަމަށާއި އަދި ހަތް ނުކުތާގެ އޮނިގަނޑު ތަންފީޒުކުރާ މުއްދަތު ކުރުކުރުމަށް ހުށަހަޅައިކަމަށެވެ.

"އަވަށްޓެރި ގައުމުތަކުން އަހަރެމެންނަށް އެދެވޭ އިޖާބައެއް ލިބިފައިވޭ،" އަރަބި ގައުމުތަކާއި ތުރްކިޔެ އަދި ޕާކިސްތާނާއެކު ދާދި ފަހުން ބޭއްވި ބައްދަލުވުންތަކަށް އިޝާރާތްކުރައްވައި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ (ފޮޓޯ) ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ގައުމުތަކުގެ ހާރިޖީ ވަޒީރުން ވަރަށް އަވަހަށް އީރާނަށް ޒިޔާރަތްކުރައްވައިނެކަމަށެވެ.

އަރާގްޗީ ވިދާޅުވީ އީރާނުންވަނީ އެ ގައުމުގެ އަސްކަރީ ގާބިލުކަން ވަރުގަދަކޮށްފައިކަމަށެވެ. ސަރަހައްދީ ގައުމުތަކުން އެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ މަސްއޫލިއްޔަތު އަމިއްލައަށް ނަގަން ޖެހޭނެކަމަށް އޭނާ އަނެއްކާވެސް ވިދާޅުވިއެވެ.

އަރާގްޗީ ވިދާޅުވީ ސަލާމަތީ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށާއި ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ އުފުލައި، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން އަމާންކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އީރާނުން އަވަށްޓެރިންނާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމަށެވެ. އަދި އެމެރިކާ ނުވަތަ އެހެން ބޭރުގެ ބާރުތަކުގެ ބައިވެރިވުމެއް ނެތި ސަރަހައްދީ ގައުމުތަކަށް މި މައްސަލަތައް ހައްލުކުރެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *