Support Us

އެމެރިކާގެ ހުއްދަ ނެތި އިސްރާއީލުން ހަމަލާއެއް ނުދޭނެ: އީރާން

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ އެޕްރިލް އަށެއްގައި މެދުކަނޑައިލައިފައިވަނިކޮށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިސްރާއީލުން އަލުން އީރާނަށް ހަމަލާތަކެއްދިނީ އިސްރާއީލުން ނިންމި އަމިއްލަ ނިންމުމެއްގެ މައްޗަށް ބިނާކޮށްފައި ނޫންކަމަށް ފެންނަ ކަމަށް އީރާނުން ބުނެފިއެވެ.

އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާޣައީ (ފޮޓޯ) ބުނީ އެމެރިކާގެ ބަހެއް ނެތި، އަދި އެމެރިކާއިން ހުއްދަ ނުދެނީސް އީރާނަށް އިސްރާއީލުން ހަމަލާ ނުދޭނެ ކަމަށެވެ.

"އިސްރާއީލުން އަމިއްލަ މިނިވަންކަމާއެކު ކަމެއް ނުކުރާނެ. އަހަރެމެން މި އުޅޭ ސަރަހައްދުގެ އެކަކު ވެސް ގަބޫލެއް ނުކުރާނެ އެމެރިކާގެ ވިލަރެސް ކުރުމެއް ނެތި އިސްރާއީލުން އެއްވެސް ކަމެއް ކުރާނެ ކަމަކަށް،" އޭނާ ބުންޏެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނަށް ހަމަލާދިނުމުގެ ބާރު އޮތީ އެމެރިކާގެ އަތުގައި ކަމަށާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަންތައް ކުރާނީ ޓްރަމްޕް ބޭނުންވެ ވަޑައިގަންނަވާ ގޮތަށް ކަމަށެވެ.

"ކަންތައްތައް ކުރުމުގެ އިހުތިޔާރު އޭނާއަކަށް ނޯންނާނެ. ކަންތައްތައް ކުރުމުގެ ބާރު އޮތީ އަހަރެންގެ އަތުގައި. ކަންތައްތައް ކުރުމުގެ ބާރު އޭނާގެ އަތަކު ނެތް،" ޓްރަމްޕް ވިދާޅުވިއެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 93 ޑޮލަރު (1،434ރ.)ގައި ހުރެފައި މިއަދު ހުރީ 98 ޑޮލަރު (1،511ރ.)އަށް މައްޗަށް ޖެހިފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *