Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ސާރާ އަލީ ޚާން އަދި ޝްރައްދާ ކަޕޫރާ އެން.ސީ.ބީން ސުވާލުކުރުމުގެ ފުރުސަތު ބޮޑު

ސުޝާންތުގެ މަރާއި ޑްރަގާ ހުރި ގުޅުމުގެ ތެރެއިން، ފިލްމީ ތަރި ސާރާ އަލީ ޚާނާއި ޝްރައްދާ ކަޕޫރާ ނާރކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެން.ސީ.ބީ) އިން ސުވާލުކުރާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެ ދެ ތަރިންނާ ސުވާލުކުރާނީ ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޮޓްރޮޕިކް ސަބްސްޓެންސަސް (އެން.ޑީ.ޕީ.އެސް) ގެ 67 ވަނަ މާއްދާގެ ދަށުން ކަމަށްވެއެވެ.

މީގެ އިތުރުން ފެޝަން ޑިޒައިނަރު، ސިމޯން ކަމްބަޓާ އަދި އެހެނިހެން ފިލްމީ ތަރިންނާވެސް އެން.ސީ.ބީ އިން ސުވާލު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެން.ސީ.ބީ އިން މީގެ ހަފްތާތަކެއް ކުރިން ރިއާ ޗަކްރަބަތީ ހައްޔަރު ކުރީ ސުޝާންތްގެ މަރާއި ޑްރަގާއި ހުރި ގުޅުމުގެ ތުހުމަތުތަކެއްގެ މައްޗަށެވެ. އަދި އޭނާގެ ތަހުގީގުގައި ބައެއް އިތުރު ފިލްމީ ތަރިންގެ މައުލޫމާތު އެން.ސީ.ބީއަށް ދީފައިވާތީ، އެ ތަރިންނާ ސުވާލު ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

ރިއާގެ އިތުރުން އޭނާގެ ބޭބެ ޝޯވިކް ޗަކްރަބަތީ އާއި ސުޝާންތްގެ ގާތް ދެމީހުންނާއި، ޑްރަގުގެ ތުހުމަތު ކުރެވޭ ބަޔަކުވެސް މި މައްސަލައިގައި ހައްޔަރު ކުރިއެވެ. އަދި މި ތަހުގީގުގެ ތެރެއިން މުމްބާއީ އާއި ގޯއާގެ ބައެއް ތަންތަނަށް ފުލުހުން ގޮސް ޗެކްކުރިއެވެ.

މަރުވެފައި އޮއްވާ ޖޫން މަހުގެ 14 ވަނަ ދުވަހު ފެނުނު ސުޝާންތްގެ މަރުގެ ތަހުގީގުގައި މަސައްކަތް ކުރަމުން ދަނީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީ.ބީ.އައި) އާއި އެންފޯސްމަންޓް ޑިރެކްޓޮރޭޓް (އީ.ޑީ)އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *