Support Us

ދުނިޔޭގެ އެންމެ ކުރު މީހާ މަރުވެއްޖެ

ހިނގާބިނގާވެ އުޅެވޭ މީހުންގެ ތެރެއިން ދުނިޔޭގެ އެންމެ ކުރު ފިރިހެނާގެ ލަގަބު ހޯދާފައިވާ ކަގެންދްރާ ތާޕާ މަގަރް ނޭޕާލުގެ ހޮސްޕިޓަލެއްގައި މަރުވެއްޖެއެވެ.

އިސްކޮޅުގައި 2 ފޫޓު 2 އިންޗި ހުންނަ މަގަރް މަރުވީ އުމުރުން 27 އަހަރުގައި ނިއުމޯނިއާ ޖެހިގެން ނޭޕާލުގެ ޕޮކާރާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ހޮސްޕިޓަލާ 200 ކިލޯމީޓަރު ދުރުގައި ހުންނަ ގެއެއްގައި އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ މައިންބަފައިންނާއި އެކުގައެވެ.

"ނިއުމޯނިއާ ޖެހިގެން ހޮސްޕިޓަލަށް ވަރަށް ގިނަ ފަހަރު ގެންދަން ޖެހުނު. އެކަމަކު މިފަހަރު އޭނާގެ ހިތަށްވެސް ބަލީގެ އަސަރު ކޮށްފަ ހުރީ. އެކަމުގަ އޭނާ މިއަދު އެ މަރުވީ،" މަގަރްގެ ބޭބެ ބުންޏެވެ.

ދުނިޔޭގެ ރިކޯޑް ފޮތުން މަގަރް އަށް  އެންމެ ކުރު މީހާގެ ލަގަބު ފުރަތަމަ ލިބުނީ 2010 ގައެވެ. އޭރު އޭނާގެ އުމުރުން 18 އަހަރެވެ. ނަމަވެސް އޭނާ އަށްވުރެ 13 ސެންޓިމީޓަރު ކުރު މީހަކު ފެނުމާއެކު އެ ލަގަބު އޭނާއަށް ގެއްލިފައި ވީނަމަވެސް 2015ގައި އެމީހާ މަރުވުމާއި ގުޅިގެން މަގަރް އަށް އަނެއްކާވެސް އެ ލަގަބު ލިބުނެވެ.

"މަގަރް ވިހެއި އިރު އަތްތިލަމަތީ ބާއްވާލެވޭހާ ކުޑަ. އޭނާ ކުޑަކަމުން ފެންވަރުވާ ހަދަން ވެސް އުނދަގޫވި،" މަގަރްގެ ބައްޕަ ބުންޏެވެ.

މަގަރްގެ މަރާއެކު މިހާރު ހިނގާބިނގާވެ އުޅެވޭ މީހުންގެ ތެރެއިން އެންމެ ކުރު މީހާގެ ލަގަބު ލިބިފައިވަނީ ކޮލަމްބިއާގެ އެޑްވާޑް ނީނޯ ހަރނަންޑެޒްއަށެވެ. އޭނާގެ އިސްކޮޅުގައި ހުންނަނީ 70 ސެންޓިމީޓަރެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *