Support Us

ޕާކިސްތާންގެ އަސްކަރީ ވެރިންނަށް ފިޔަވަޅު ނޭޅޭ ގާނޫނަށް އދ.އިން ފާޑުކިޔައިފި

ޕާކިސްތާންގެ އަސްކަރިއްޔާގެ ކުރީ ސަފުގައި ހިމެނޭ ވެރިންނަށް ދުވަހަކު ވެސް ފިޔަވަޅު ނޭޅޭނެ ގޮތަށް ތަންފީޒު ކުރި ދުސްތޫރީ ގާނޫނަށް އދ.އިން ފާޑުކިޔައިފިއެވެ.

އަސްކަރިއްޔާގެ ވެރިޔާ އާސިމް މުނީރުއަށް ވެސް ދުވަހަކު ވެސް ގާނޫނީ ފިޔަވަޅެއް ނޭޅޭނެ ގޮތަށް ފާސް ކުރި ދުސްތޫރީ ގާނޫނުގެ ދަށުން ވަނީ ދުސްތޫރީ ކޯޓެއް ވެސް ގާއިމުކޮށްފައެވެ. އެ ކޯޓަށް ވަނީ ސުޕްރީމް ކޯޓުގެ މައްޗަށް ވެސް ބާރު ދީފައެވެ. އަދި މި ގާނޫނުގެ ދަށުން ޝަރުއީ ދާއިރާގެ މައްޗަށް ވެސް ސަރުކާރުގެ ބާރު ހިންގޭނެއެވެ.

"މި ބަދަލުތައް އެކީއެކައްޗަކަށް ތަންފީޒު ކުރަން ފެށުމުން ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރުވޭނެ. އަސްކަރިއްޔާ ޒިންމާދާރެއް ނުކުރުވޭނެ،" އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ފޮލްކާ ޓިއާކް (ފޮޓޯ) ބުންޏެވެ.

އޭނާ ބުނީ މި ގާނޫނުގެ ސަބަބުން ޒިންމާ ނަގަން ޖެހޭ ފަރާތްތައް ޒިންމާދާރު ނުކުރުވޭނެ ކަމަށާއި ޑިމޮކްރެސީ އާއި ގާނޫނާއި ގަވައިދު ނެގެހެއްޓުމަށް ހުރަސްއެޅޭނެ ކަމަށެވެ.

ފޮލްކާ ދެއްކި ވާހަކައަކީ "އަސާސެއް ނެތް" ވާހަކަތަކެއް ކަމަށް ޕާކިސްތާންގެ ހާރިޖިއްޔާއިން ބުންޏެވެ.

"ޕާކިސްތާނުން ދެކޭ ގޮތާއި ގައުމުގައި ކަންތައްތައް ހުރި ގޮތުގެ ހަގީގަތަށް ނުބަލައި ފޮލްކާ ދެއްކި ވާހަކަތަކަކީ ބަދުބަސްތަކެއް. ދުސްތޫރީ މިނިވަންކަން ފުރިހަމައަށް ރައްކާތެރިކުރުން މަތީގައި ޕާކިސްތާނުން ދެމިހުންނާނެ،" އޮފިޝަލަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް