Support Us

ގަތަރާއި ތުރްކިޔެއިން މެދުވެރިވެގެން ގާއިމުކޮށްދިން ސުލްހައިގެ އެއްބަސްވުމަށް ފަހު ޕާކިސްތާންގެ ދިފާއީ ވަޒީރު ޚަވާޖާ މުހައްމަދު އާސިފު (ކ-2) އާއި އަފްޣާނިސްތާންގެ ދިފާއީ ވަޒީރު މުއްލާ މުހައްމަދު ޔައުގޫބު ސަލާން ކުރައްވަނީ

ހަމަލާ ބަދަލުކުރުން ހުއްޓައިލަން އަފްޣާނިސްތާނާއި ޕާކިސްތާނުން ކުއްލި އެއްބަސްވުމަކަށް

ދެކުނު އޭޝިއާގެ ދެ އަވައްޓެރިން ކަމަށްވާ އަފްޣާނިސްތާނާއި ޕާކިސްތާނުގެ ދެމެދުގައި އެތައް ބަޔަކު މަރުވި، ހަފުތާއަކަށް ދެމިގެންދިޔަ ހަމަލާ ބަދަލުކުރުން ކުއްލިއަކަށް ހުއްޓައިލުމަށް މިއަދު އެއްބަސްވެއްޖެއެވެ.

ގަތަރާއި ތުރްކިޔެއިން މެދުވެރިވެގެން ސުލްހައިގެ ރޯލު އަދާކުރުމަށް ފަހު ގަތަރުގެ ހާރިޖިއްޔާއިން ބުނީ "ދިގު މުއްދަތަށް ސުލްހަ ގާއިމުކުރުމަށާއި ދެ ގައުމުގެ މަސްލަހަތު ދެމެހެއްޓުމަށް ނިޒާމުތަކެއް ގާއިމުކުރަން" އަފްޣާނިސްތާނާއި ޕާކިސްތާނުން އެއްބަސްވެއްޖެ ކަމަށެވެ.

"ކުރިން ވައުދުވި ފަދައިން، ޕާކިސްތާނާއެކު މަޝްވަރާތައް (ގަތަރުގެ ވެރިރަށް) ދޫހާގައި މިއަދު ބާއްވާނެ،" އަފްޣާނިސްތާންގެ ތަރުޖަމާނު ޒާބިހުﷲ މުޖާހިދު ބުންޏެވެ.

"ދެ ގައުމުގެ ބޯޑަރުގައި ހިނގާ ޓެރަރިޒަމް ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި ޕާކިސްތާނާއި އަފްޣާނިސްތާންގެ ބޯޑަރުގައި ސުލްހަ އާއި ހަމަޖެހުން އަލުން ގާއިމު ކުރުމަށް ވާހަކަތަކުގައި ސަމާލުކަން ދޭނެ،" ޕާކިސްތާންގެ ހާރިޖީ ވުޒާރާއިން އިތުރުކޮށްލިއެވެ.

ހަމަލާތައް ހުއްޓައިލައިނެ ގޮތްތައް ތަންފީޒު ކުރުމަށްޓަކައި އިތުރު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވެސް ދެ ގައުމުން އެއްބަސްވިއެވެ.

އިންޑިއާގެ އިތުރުން ޕާކިސްތާނަކީ، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގައި، ފަނާކުރަނިވި ނިއުކްލިއަ ހަތިޔާރު ހުރި ހަމައެކަނި އަނެއް ގައުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *