އެމެރިކާގައި ދީން ދިރާސާ ކުރި މީހެއް ކަމަށްވާ، 1892 އިން 1971 އަށް އުޅުނު ރައިންހޯލްޑް ނީބުހަރް ކުރި، މިހާރު "ސެރެނިޓީ ޕްރޭޔާ" ނުވަތަ "އަމާންކަމަށް އެދޭ ދުއާ"ގެ ނަން ދީފައިވާ ބުނުމެއްގައިވެއެވެ:
"މާތް ކަލާނގެއެވެ. އަހަރެންނަށް ބަދަލު ނުކުރެވޭނެ ކަންތައްތައް ވާނެކަން އަހަރެންނަށް ގަބޫލު ކުރުމުގެ ހިތްހަމަޖެހުން ދެއްވާނދޭވެ. އަހަރެންނަށް ބަދަލު ކުރެވޭނެ ކަންތައްތައް ބަދަލު ކުރުމުގެ ހިތްވަރު ދެއްވާނދޭވެ. އަދި އެ ދެ ކަންތަކުގައިވާ ތަފާތު ދެނެގަތުމުގެ ވިސްނުންތެރިކަން ދެއްވާނދޭވެ."
އޭނާގެ މި ބުނުމަކީ 1932 އާއި 1933 އާ ދެމެދު އޭނާ ކުރި "ދުއާ"އެއް ކަމަށް ބެލެވެއެވެ.
މިއަދު ނަފުސާނީ އިލްމްވެރިން، ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ ނަފުސާނީ މައްސަލަތައް ހުންނަ މީހުންނަށް މި ދުއާ ކިޔައިދެއެވެ. އޭގައި ބުނާ އެއްޗަކުން ނެގޭ މާނައިން، މި ފަދަ ނަފުސާނީ ކަންތައްތައް ކުރިމަތިވާ މީހުންނަށް ނަފުސާނީ ތަސައްލީއެއް ލިބޭތޯއެވެ.

އެ ގޮތުން މި ބަލައިލަނީ، އަދުގެ ދުނިޔޭގައި، ތިބާގެ ބާރުގެ ދަށުގައި ހިނގާ ކަންތައްތަކާއި ތިބާގެ ބާރު ނުހިނގާނެ ކަންތައްތަކަށެވެ.
ފުރަތަމަ މި ބަލައިލަނީ ތިބާގެ ބާރު ހިނގާ ކަންތައްތަކަށެވެ. އެއީ:
- ތިބާ ކައި ބޮއި ހަދައި ތަކެތި
- ދިރިއުޅުމުގައި ކުރާ ކަންތައްތަކަށް ލައި ހިތްވަރު
- އަމިއްލަ ނަފުސާމެދު ބަހައްޓައި ފަރުވާތެރިކަން
- ސޯޝަލް މީޑިއާގައި ތިބާ ފޮލޯކުރަން ގަސްދުކުރާ މީހުން
- އެހެން މީހުންނާކުރާ މުއާމަލާތް
- ތިބާ ވަގުތު ހޭދަކުރާ ގޮތް
- ތިބާ ވަގުތު ހޭދަކުރާ މީހުން
- ތިބާ ޖުމްލަ ގޮތެއްގައި ކުރާ ކަންތައްތައް
ދެން މި ބަލައިލަނީ ތިބާގެ ބާރު ނުހިނގާނެ ކަންތައްތަކަށެވެ. އެއީ:
- ތިބާއާމެދު އެހެން މީހުން ކުރާ އިހްސާސްތައް
- މަގުމަތީގެ ޓްރެފިކް
- އެހެން މީހުންގެ އަމަލުތައް ހުންނަ ގޮތް
- މޫސުން
- މާޒީގައި ތިބާއަށް ކުރެވިފައިވާ ކުށްތައް
- އެހެން މީހުން ބުނާ އެއްޗެހި
- އެހެން މީހުންގެ އަމަލުތައް
ސިކުނޑީގައި މާއްދީ ހުސްކަމެއް ނުވަތަ ކެމިކަލް އިމްބެލެންސެއް އުޅޭ ނަމަ ނަފުސާނީ އިލްމްވެރިއަކަށް ދައްކަން ޖެހޭނެއެވެ. ނަމަވެސް އެ ނޫން ގޮތަކަށް، މި ފާހަގަކޮށްލި ކަންތައްތައް ހަނދާނުގައި ބަހައްޓައިގެން އުޅުމުން، ކަންތައްތަކާ ހާސްވުމާއި މާޔޫސްކަން ކުޑަވާނެކަމަށް ނަފުސާނީ އިލްމްވެރިން ބުނެއެވެ.
- ތަރުޖަމާއެއް
