Support Us

ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި މީހެއްގެ އާއިލާއިން ހިތާމަކުރަނީ

ދެ ދުވަސް ތެރޭ ޣައްޒާގައި 300 ޝަހީދުން

ވައިގެ މަގުންނާއި އެއްގަމު މަގުން އިސްރާއީލުން ދިން ހަމަލާތަކުގައި ވޭތުވެދިޔަ 48 ގަޑި އިރުގެ ތެރޭގައި ޣައްޒާގައި 300 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ. މިއަދު އެކަނިވެސް ވަނީ 70 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ.

މިއަދު ޝަހީދުކޮށްލި މީހުންގެ ތެރޭގައި، އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ޣައްޒާގައި އެހީ ދޭ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީ.އެޗް.އެފް)ގެ މަރުކަޒުތައް ދޮށަށް އެއްވި މަދުވެގެން 33 މީހުން ހިމެނެއެވެ. ޣައްޒާގެ މި އިންސާނީ ކާރިސާ އިތުރަށް ގޯސްވެފައިވަނީ ރަބީއު މޫސުމުގެ ހޫނުކަމާއި ފެން ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާތީއެވެ.

ސިއްސުވައިލައި ފަދަ ވީޑިއޯތަކުން ފެންނަ މަންޒަރުތަކާއި މަންޒަރު ލޮލުން ދުށް ހެކިވެރިންގެ ބަހުން ހާމަވަނީ އިސްރާއީލު ސިފައިން އަސްލު އުންޑައިން ބަޑިޖެހި ކަމެވެ. އަދި އެއްވެފައި ތިބި މީހުން ކޮންޓްރޯލް ކުރަން ވަގުތީ ގޮތުން މީހުން ބުރާންތިކޮށްލާ ސްޓަން ގްރެނޭޑް ބޭނުން ކުރިކަމެވެ.

އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ދަތި ކުރުމަށާއި ވިޔަފާރީގެ ގުޅުންތައް ކަނޑައިލަން ދުނިޔޭގެ ގައުމުތަކަށް އދ.އިން ގޮވައިލިއެވެ.

މީގެ ދެ އަހަރު ކުރިން ފެށި ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 57،000 ފަލަސްތީން ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުންޏަސް މިނިވަން ދިރާސާތަކުން ދައްކާ ގޮތުގައި މިއަދުގެ މިހާތަނަށް 84،000 ފަލަސްތީން ރައްޔިތުން ވަނީ ޝަހީދުވެފައެވެ. ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނީ މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިންނާއި އަންހެނުން ހިމެނޭ ކަމަށެވެ.

އެމެރިކާއިން މިހާރު އާކޮށްފައިވާ ސުލްހައިގެ ރޭވުމާމެދު މަޝްވަރާ ކުރަން އިއްޔެ މިސްރުގެ ވެރިރަށް ގާހިރާގައި ފެށި ވާހަކަތައް މިއަދު ވެސް ދަނީ ކުރިއަށެވެ. މި އާ ޕްލޭންގައި ބުނަނީ ދެ މަސް ދުވަހަށް ޣައްޒާ ހަނގުރާމަ މެދުކަނޑައިލެވިއްޖެ ނަމަ ފަލަސްތީންގެ ގައިދީން އިސްރާއީލުން ދޫކޮށްލަން އެއްބަސްކަމަށެވެ. އެއީ 2023 އޮކްޓޫބަރު ހަތެއްގައި ހަމާސްއިން ރަހީނު ކުރި ޔަހޫދީންގެ ތެރެއިން ބާކީ ތިބި މީހުން ދޫކޮށްލުމަށް އެއްބަސްވުމުގެ ޝަރުތުގެ މަތިން ވެސް މެއެވެ.

އެކަމަކު ދެ މަސް ދުވަސް ތެރޭ ޣައްޒާއިން އިސްރާއީލު ސިފައިން މުޅިން ބާލަން އެއްބަސްވެފައިވާ ނަމަވެސް ޣައްޒާއަށް ދާއިމީ ސުލްހަ ގެނެސް، އެ ބިން އާރާސްތުކުރަން ފަށާއިރު ހަމާސް ޖަމާއަތެއްގެ ގޮތުގައި ނައްތައިލަން އިސްރާއީލުން ޝަރުތުކޮށްފައިވާތީ މި ޕްލޭނަށް ހަމާސްއިން އަދި ރުހުން ނުދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *