Support Us

އެމެރިކާ އާއި އިސްރާއީލު ގުޅިގެން ޣައްޒާގައި އެހީ ދޭ މަރުކަޒުތައް ކައިރީގައި އުފެދޭ ހަލަބޮލިކަން މައިތިރި ކުރުމަށް އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީންގެ އެތައް ރައްޔިތުން ވަނީ ޝަހީދުވެފައި

60 ދުވަހަށް ހަނގުރާމަ ހުއްޓާލައި އާ ރޭވުމަށް އެއްބަސްވުމަށް ހަމާސްއަށް އަނެއްކާވެސް ޕްރެޝަރުކުރަން ފަށައިފި

ޣައްޒާއަށް ދޭ ހަމަލާތައް އެންމެ ދެ މަސް ދުވަހަށް މެދުކަނޑައިލަން އެމެރިކާއިން ހުށަހެޅި އާ ރޭވުމަށް އިސްރާއީލުން ތާއީދުކޮށް، އެ ޕްލޭނަށް ދީލައިލުމަށް ދެ ގައުމުން ހަމާސްއަށް އަނެއްކާވެސް މިއަދު ޕްރްޝަރު ކުރަން ފަށައިފިއެވެ.

"ހާލަތު އިތުރަށް ގޯސް ނުވަނީސް މި ރޭވުމުގައިވާ ކަންތައްތަކަށް އެއްބަސްވުމަށް ހަމާސްއަށް ބާރުއަޅަން،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް ހަމާސްއިން ބުނީ ސުލްހައަށް ފުރުސަތު ދޭން ތައްޔާރު ކަމަށް ވިޔަސް އިސްރާއީލާއެކު އެއްވެސް ކަހަލަ އެއްބަސްވުމަކަށް އަންނާނީ ޣައްޒާ ހަނގުރާމަ ދާއިމީކޮށް ހުއްޓައިލަން އެއްބަސްވުމުން ކަމަށެވެ. މިއީ ހަމާސްއިން އަބަދުވެސް ބުނަމުން އަންނަ، ދެ ގޮތެއް ނުވާ ބަހެވެ.

ޣައްޒާއަށް ސުލްހަ ގެނައުމަށް ދައްކާ ވާހަކަތަކުގައި ބައިވެރިވާ ގައުމުތަކުން މިއަދުގެ ވަގުތެއްގައި މިސްރުގެ ވެރިރަށް ގާހިރާގައި ބައްދަލުކުރުމަށް ވަނީ ހަމަޖައްސައިފައެވެ.

ޓްރަމްޕްގެ އާ ސުލްހައިގެ ޕްލޭން ހުށަހެޅުއްވުމާއެކު ވެސް އިސްރާއީލުން މިއަދު ވަނީ ޣައްޒާއަށް ދޭ ހަމަލާތައް ކުރިއަށް ގެންގޮސް، ތިރީހަކަށް ފަލަސްތީން ރަށްވެހިން ޝަހީދުކޮށްލައިފައެވެ. ހަމަލާ މިއަދު ބޮޑަށް އަމާޒު ކުރީ ޚާން ޔޫނިސްއަށެވެ.

ޣައްޒާގައި ބަނޑުހައިހޫނުކަން އިތުރުވަމުން ދާތީ އާއި ރައްކާތެރި ކަމަށް އިސްރާއީލުން ކަނޑައަޅައިފައިވާ ސަރަހައްދުތަކަށް ވެސް ކެނޑިނޭޅި ހަމަލާ ދެމުން ދާތީ ބައިނަލްއަގުވާމީ ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. ހާއްސަކޮށް، އެމެރިކާ އާއި އިސްރާއީލު ގުޅިގެން ޣައްޒާއަށް އެހީ ދޭ ނިޒާމަށް އެހީ ދޭ ޖަމާއަތްތަކުގެ ފާޑުކިޔުން އަންނަނީ އިތުރު ވަމުންނެވެ. ސަބަބަކީ އެހީ ދޭ މަރުކަޒުތައް ކައިރި ހަލަބޮލިވުމުން އިސްރާއީލު ސިފައިން ބަޑިޖެހުމުން މިހާތަނަށް ފަލަސްތީން އެތައް ރައްޔިތުން ޝަހީދުވެފައިވާތީއެވެ.

އެހެންކަމުން ޣައްޒާއަށް ސުލްހަ ގެނައުމުގެ މަޝްވަރާތައް ކުރިއަށް ދަނީ ފަލަސްތީން ރައްޔިތުންނަށް އެ ކަމުން އެއްވެސް ތަސައްލީއެއް ނުލިބޭ ޒާތަށެވެ.

މީގެ ދެ އަހަރު ކުރިން ފެށި ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 56،000 ފަލަސްތީން ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުންޏަސް މިނިވަން ދިރާސާތަކުން ދައްކާ ގޮތުގައި މިއަދުގެ މިހާތަނަށް 84،000 ފަލަސްތީން ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *