Support Us

ގަޑީގެ ކަށި އެނބުރޭ ގޮތަށް މަތިން ތިރިއަށް: އެޑޮލްފް ހިޓްލަރު، ޖޯސެފް ސްޓާލިން، މައޯ ޒެޑޯންގް، ބެނިޓޯ މުސޮލިނީ، އަޝޯކާ އަދި ޖޯޖް ޑަބްލިޔު ބުޝް

ހަމައެކަނި މުސްލިމުން "ޓެރަރިސްޓުން"ގެ ގޮތުގައި ސިފަކުރަނީ ކީއްވެ؟

އަދުގެ މީޑިއާތަކުގެ ލަގަން އޮތީ މުސްލިމު ނޫން މީހުންނާއި ސަރުކާރުތަކާއި ވިޔަފާރިތަކުގެ ނުފޫޒުގެ ދަށުގައެވެ. މިހެންވެ، ވަކި އަތަކަށް ނުޖެހެމޭ ބުންޏަސް، މި ފަދަ މީޑިއާތަކުގެ ރިޕޯޓުތަކަށް ބަލައިލުމުން މުސްލިމުންނާ ދެކޮޅު ތައައްސުބެއް ގެންގުޅޭކަން މިއީ ޝައްކެއް ވެސް ހުރި ކަމެއް ނޫނެވެ.

ޖަރުމަނުގައި ވެރިކަންކުރި އެޑޮލްފް ހިޓްލަރުއަކީ މުސްލިމެއް ނޫނެވެ. އޭނާ ހަ މިލިއަން ޔަހޫދީން މަރައިލިއެވެ. ނަމަވެސް އޭނާއަކީ "ނަސޯރާ ޓެރަރިސްޓެއް"ކަމަށް އެއްވެސް މީޑިއާއަކުން ދުވަހަކު ވެސް ސިފަކޮށްފައެއް ނުވެއެވެ.

ރަޝިއާގެ ކޮމިއުނިސްޓް ލީޑަރު ޖޯސެފް ސްޓާލިންއަކީ މުސްލިމެއް ނޫނެވެ. އަމިއްލަ ރައްޔިތުންގެ ތެރެއިން 20 މިލިއަން މީހުން އޭނާ މަރައިލިއެވެ. އަދި އޭނާގެ އަނިޔާވެރި ވެރިކަމުގައި ވޭނާއި ބަލިބަލީގައި އިތުރު 14.5 މިލިއަން މީހުން މަރުވިއެވެ. ނަމަވެސް އޭނާއަކީ "ނަސޯރާ ޓެރަރިސްޓެއް"ކަމަށް އެއްވެސް މީޑިއާއަކުން ދުވަހަކު ވެސް ސިފަކޮށްފައެއް ނުވެއެވެ.

ޗައިނާގެ ކޮމިއުނިސްޓް ލީޑަރު މައޯ ޒެޑޯންގްއަކީ މުސްލިމެއް ނޫނެވެ. އަމިއްލަ ރައްޔިތުންގެ ތެރެއިން 14 މިލިއަނާއި 20 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން އޭނާ މަރައިލިއެވެ. ނަމަވެސް އޭނާއަކީ "ބުޑިސްޓު ޓެރަރިސްޓެއް"ކަމަށް އެއްވެސް މީޑިއާއަކުން ދުވަހަކު ވެސް ސިފަކޮށްފައެއް ނުވެއެވެ.

އިޓަލީގެ ބެނިޓޯ މުސޮލީނީގެ ވެރިކަމުގައި އޭނާ ވަނީ އަމިއްލަ ރައްޔިތުންގެ ތެރެއިން 400،000 މީހުން މަރައިލައިފައެވެ. ނަމަވެސް އޭނާއަކީ "ނަސޯރާ ޓެރަރިސްޓެއް"ކަމަށް އެއްވެސް މީޑިއާއަކުން ދުވަހަކު ވެސް ސިފަކޮށްފައެއް ނުވެއެވެ.

އަޝޯކާ ކުރި ހަނގުރާމައެއްގައި 100،000 މީހުން މަރުވިއެވެ. ނަމަވެސް އޭނާއަކީ "ހިންދޫ ޓެރަރިސްޓެއް"ކަމަށް އެއްވެސް މީޑިއާއަކުން ދުވަހަކު ވެސް ސިފަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް ވަނީ އިރާގާއި އަފްޣާނިސްތާނުން މުޅިއަކު 1.5 މިލިއަން މީހުން މަރައިލައިފައެވެ. ނަމަވެސް އޭނާއަކީ "ނަސޯރާ ޓެރަރިސްޓެއް"ކަމަށް އެއްވެސް މީޑިއާއަކުން ދުވަހަކު ވެސް ސިފަކޮށްފައެއް ނުވެއެވެ.

މިހާރު ވެސް ކޮންމެ ދުވަހަކު މިޔަންމާގައި ދަނީ ރޮހިންގާ މުސްލިމުން މަރައިލައި ރޭޕްކޮށްލައި ލޫޓުވައިލައި އަދި ގެދޮރުން ބޭރުކުރަމުންނެވެ. ނަމަވެސް އެ ކަންތައްތައް ކުރަނީ "ބުޑިސްޓު ޓެރަރިސްޓުން"ނެކޭ މީޑިއާއިން ނުބުނެއެވެ.

ތާރީހުން ހެކި ދެނީ ދުނިޔޭގެ އެންމެ ބޮޑެތި ނަސްލު ނައްތައިލުމުގެ ޖަރީމާތައް ހިންގައިފައިވަނީ މުސްލިމުން ނޫންކަމެވެ. ނަމަވެސް އެ މީހުންނަކީ އިންސާނުން ލޫޓުވަމުންދާއިރު ޑިމޮކްރެސީ ނަގަހައްޓަން ގޮވައިލަމުން ވެސް އަންނަ މީހުންނެވެ.

މިހާ ހިސާބުން ވިސްނުންތެރިންނަށް ސުވާލުތަކެއް ހުށަހަޅައިލަން ޖެހެއެވެ. އެއީ:

  1. ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ފެށީ ކޮން ބައެއް ހެއްޔެވެ؟ އެއީ މުސްލިމުން ހެއްޔެވެ؟
  2. ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ފެށީ ކޮން ބައެއް ހެއްޔެވެ؟ އެއީ މުސްލިމުން ހެއްޔެވެ؟
  3. ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާންގެ ހިރޮޝިމާ އަދި ނަގަސަކީއަށް އެޓޮމް ބޮން އެޅީ ކޮން ބައެއް ހެއްޔެވެ؟ އެއީ މުސްލިމުން ހެއްޔެވެ؟
  4. އޮސްޓްރޭލިއާ ހޯދުމަށް ފަހު އެ ތަނުގައި ވެރިކަން ގާއިމުކުރަން އެ ބައްރުގެ އަސްލު ވަޒަންވެރިންގެ ތެރެއިން 20 މިލިއަން މީހުން މަރައިލީ ކޮން ބައެއް ހެއްޔެވެ؟ އެއީ މުސްލިމުން ހެއްޔެވެ؟
  5. އެމެރިކާ ބައްރު ހޯދުމަށް ފަހު އެ ތަނުގައި ވެރިކަން ފުޅާކުރަން އުތުރު އެމެރިކާއިން 100 މިލިއަން އަސްލު ވަޒަންވެރިން މަރައިލައި އަދި ދެކުނު އެމެރިކާއިން 50 މިލިއަން އަސްލު ވަޒަންވެރިން މަރައިލީ ކޮން ބައެއް ހެއްޔެވެ؟ އެއީ މުސްލިމުން ހެއްޔެވެ؟
  6. އެފްރިކާ ބައްރަށް އަރައި 180 މިލިއަން ކަޅު މީހުން އަޅުންނަށް ހަދައިގެން އެމެރިކާ ބައްރަށް ގެނައި މަގުމަތީގައި އޭގެ ތެރެއިން 88 ޕަސެންޓް މީހުން ކަނޑުމަތީގައި މަރުވުމުން އެ މީހުން އެޓްލާންޓިކް ކަނޑަށް ކަނޑުފެއްތީ ކޮން ބައެއް ހެއްޔެވެ؟ އެއީ މުސްލިމުން ހެއްޔެވެ؟

ހަގީގަތަކީ މުސްލިމު ނޫން މީހަކު ކުށެއްކޮށް، ބައެއް ދަށުކޮށްލައި ނުވަތަ ގަތުލު އާއްމެއް ހިންގިޔަސް، މީޑިއާއިން މި ފަދަ ކަންތައް ހަމައެކަނި "ކްރައިމް" ނުވަތަ "ކުށެއް"ގެ ގޮތުގައި ސިފަކުރުމެވެ. އެކަމަކު މުސްލިމަކު، އޭނާއާ ދެކޮޅަށް ހިންގާ މި ފަދަ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އެންމެ ފަހަރަކު އަޑު އުފުލައިލިޔަސް މީޑިއާއިން އޭނާ ސިފަކުރަނީ "ޓެރަރިސްޓެއް"ގެ ގޮތުގައެވެ!

  • ތަރުޖަމާއެއް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް