Support Us

ލުކްލާ އެއާޕޯޓް، ނޭޕާލް

ދުނިޔޭގެ އެންމެ ނުރައްކާތެރި 10 އެއާޕޯޓް

އިންސާނުން ދަތުރުފަތުރު ކުރުމުގައި ވައިގެ މަގަކީ މުހިންމު ގޮތެކެވެ. އެ ގޮތުން އެތައް މިލިއަން ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮންމެ ދުވަހަކު ދަތުރުކުރާތީ ވައިގެ ބަނދަރުތައް ނުވަތަ އެއާޕޯޓްތައް ވެފައިވަނީ މުހިންމު ތަންތަނަށެވެ.

ކޮންމެ ދުވަހަކު އެތައް މަތިންދާބޯޓު އެތައް އެއާޕޯޓްތަކުން ނައްޓައިލައި އެތައް އެއާޕޯޓްތަކަށް ޖައްސައެވެ. މިހެންވެ ވައިގެ މަގުން ދަތުރުކުރުމަށް އެއާޕޯޓްތަކަކީ މުހިންމު އިންފްރާސްޓްރަކްޗަރުތަކެކެވެ.

ކަންމިހެންހުރި ނަމަވެސް ހުރިހާ އެއާޕޯޓްތަކަކީ އެއްގޮތް ތަންތަނެއް ނޫނެވެ. ބައެއް ތަންތަނަކީ ފަރުބަދަމަތީގެ ތަންތަނުގައި ހަދާފައިވާ އެއާޕޯޓްތަކެވެ.

ވަރަށް ނުރައްކާތެރި ތަންތަނުގައި އެއާޕޯޓްތައް ހަދައިފައިވެއެވެ. މި ތަންތަން ބެލެވެނީ ދުނިޔޭގެ އެންމެ ނުރައްކާތެރި އެއާޕޯޓްތަކުގެ ގޮތުގައެވެ. މި ބަލައިލަނީ މީގެ ތެރެއިން ދުނިޔޭގެ އެންމެ ނުރައްކާތެރި 10 އެއާޕޯޓަށެވެ.

  1. ލުކްލާ އެއާޕޯޓް، ނޭޕާލް

ޓެންޒިން-ހިލެރީ އެއާޕޯޓްގެ ނަމުން ވެސް މުހާތަބުކުރެވޭ މި އެއާޕޯޓަކީ ދުނިޔޭ އެންމެ އުސް ފަރުބަދަ ކަމަށްވާ އެވަރެސްޓް ހުންނަ ހިމާލިޔާ ފަރުބަދަތައް ހިމެނޭ ފަރުބަދަ މަތީ ސަރަހައްދެއްގައި ދެކުނު އޭޝިއާގެ ގައުމެއް ކަމަށްވާ ނޭޕާލުގައި ހަދާފައިވާ އެއާޕޯޓެކެވެ. ރަންވޭ އޮންނަނީ ދެ ފަރުބަދައިގެ ދެމެދުގައެވެ. ރަންވޭގެ ދިގުމިނަކީ 1،500 ފޫޓެވެ. މި އެއާޕޯޓުން މަތިންދާބޯޓު ނައްޓައިލައި އަދި ޖައްސަން ޕައިލެޓުންނަށް ހާއްސަ ތަމްރީނުތައް ދެއެވެ.

  1. ޓޮންކޮންޓިން އިންޓަނޭޝަނަލް އެއާޕޯޓް، ހޮންޑުރަސް

ހޮންޑުރަސްގެ ވެރިރަށް ޓެގޫސިގަލްޕާގައި އޮންނަ ޓޮންކޮންޓިންއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ނުރައްކާތެރި އެއާޕޯޓްކަމަށް ބެލެވެއެވެ. ރަންވޭގެ ދިގުމިނަކީ 6،112 ފޫޓެވެ. އުސްމިނަކީ ކަނޑުގެ މަތިން 3،294 ފޫޓެވެ. ވަށައިގެންވަނީ ފަރުބަދަތަކެވެ. މި ސަރަހައްދުގައި މަތިންދާބޯޓު ޖެއްސުމަށް ޕައިލެޓުން ވަރަށް ބޮޑަށް ހުނަރުވެރިވާންޖެހެއެވެ.

  1. ޕްރިންސަސް ޖޫލިއާނާ އިންޓަނޭޝަނަލް އެއާޕޯޓް، ސެއިންޓް މާޓަން

މޭހޯ ގޮނޑުދޮށުގެ ކުރިމަތިން އޮންނަ މި އެއާޕޯޓްގެ ހަނި ރަންވޭގެ ދިގުމިނަކީ 7،546 ފޫޓެވެ. މިހާ ތިރީގައި ރަންވޭ އޮންނާތީ މަތިންދާބޯޓު ޖައްސައި ނައްޓައިލަން ޕައިލެޓުން ވަރަށް ކުޅަދާނަވާންޖެހެއެވެ.

  1. މެޑީރާ އެއާޕޯޓް، ޕޯޗުގަލް

މި އެއާޕޯޓް އޮންނަނީ ޕޯޗުގަލް ކައިރީގައި އޮންނަ ކުޑަ ޖަޒީރާ ރަށެއްގައެވެ. ރަންވޭގެ ދިގުމިނަކީ 6،588 ފޫޓެވެ. ފަރުބަދަތަކެއް ހުންނާތީ އާއި ވައިގަދަކަމުން ކޮޅިގަނޑުތަކުގެ ތެރެއިން މި އެއާޕޯޓަށް ފްލައިޓް ޖެއްސުމަށް ޕައިލެޓުން ވަރަށް ހުނަރުވެރިވާންޖެހެއެވެ.

  1. ޖިބްރޮލްޓާ އިންޓަނޭޝަނަލް އެއާޕޯޓް، ޖިބްރޮލްޓާ

މިއީ ދުނިޔޭގެ އެންމެ ކުރު އެއާޕޯޓެވެ. އެއާޕޯޓުގެ ދިގުމިނަކީ 1،800 ފޫޓެވެ. ރަންވޭ ކުރުކަމުންނާއި ދުރު ފެންނަލެއް ނުވަތަ ވިސިބިލިޓީ ދަށްވެފައި އަދި އުސް ފަރުބަދަތަކެއް ހުރުމުން އެއާޕޯޓަށް ފްލައިޓް ޖެއްސުމަކީ ދަތި ކަމެކެވެ.

  1. ޕާރޯ އެއާޕޯޓް، ބޫޓާން

ނޭޕާލް ފަދައިން މިއީ ވެސް ދެކުނު އޭޝިއާގެ ގައުމެއް ކަމަށްވާ ބޫޓާންގައި ހިމާލިޔާ ފަރުބަދަތަކުގެ މަތީގައި އޮންނަ އެއާޕޯޓެކެވެ. މިއީ ދުނިޔޭގައިވާ އެންމެ ނުރައްކާތެރި އެއާޕޯޓްތަކުގެ ތެރެއިން އެއް އެއާޕޯޓެވެ. މި އެއާޕޯޓްގެ ވަށައިގެންވަނީ އުސް ފަރުބަދަތަކެވެ. ފްލައިޓްތައް ޖެއްސުމާއި ނައްޓައިލުމަކީ ޕައިލެޓުންނަށް ދަތިކަމެކެވެ.

  1. ކޯޗަވަލް އެއާޕޯޓް، ފްރާންސް

އަލްޕްސް ފަރުބަދަތަކުގެ ތެރެއިން ފްރާންސް ފަޅީގައި އޮންނަ މި އެއާޕޯޓްގެ ރަންވޭ ނިމޭ ހިސާބުން ވަރަށް ފަރުވާތެރިކަމާއެކު މަތިންދާބޯޓު އަނބުރާލަންޖެހެއެވެ. ރަންވޭގެ ދިގުމިނަކީ 1،722 ފޫޓެވެ. މިހެންވެ މިއީ ދުނިޔޭގެ އެއާޕޯޓްތަކުގެ ތެރެއިން އެންމެ ކުރު އެއް ރަންވޭ އޮންނަ އެއާޕޯޓެވެ.

  1. ކުއީން ބީއާޓްރިކްސް އިންޓަނޭޝަނަލް އެއާޕޯޓް، އަރޫބާ

އަރޫބާ ޖަޒީރާގައި އޮންނަ މި އެއާޕޯޓްގެ ރަންވޭ ހަނިކަމުންނާއި ހަލަބޮލި ވައިގެ ސަބަބުން މަތިންދާބޯޓު ޖައްސައި ނައްޓައިލުމަކީ ޕައިލެޓުންނަށް ދަތި ކަމެކެވެ.

  1. އައިސް ރަންވޭ، އެންޓާކްޓިކާ

މިއީ ދުނިޔޭގެ ދެކުނު ބިތުގައި އޮންނަ ގަނޑުފެނުގެ ބައްރުކަމަށްވާ އެންޓާކްޓިކާގައި އޮންނަ ހަމައެކަނި އެއާޕޯޓެވެ. ގަނޑުފެން ހުރުމާއި 1،829 ފޫޓު ދިގުމިނުގައި ހުރި ރަންވޭ ކުރުމަކުން މި އެއާޕޯޓް ވެފައިވަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް އެއާޕޯޓަށެވެ.

  1. ހުއަންޗޯ އީ. ރާކުއިން، ސާބާ

ސާބާ ޖަޒީރާގައިވާ މި އެއާޕޯޓް މަޝްހޫރުވެފައިވަނީ 1،312 ފޫޓުގެ ވަރަށް ކުރު އަދި ވަރަށް ހަނި ރަންވޭއެއް އޮތީމައެވެ. އަދި ރަންވޭ ވަށައިގެންވަނީ އުސް ފަރުބަދަތަކެކެވެ. މިހެންވެ މަތިންދާބޯޓު ޖައްސައި ނައްޓައިލުމަށް ޕައިލެޓުން ވަރަށް ކުޅަދާނަ ވާންޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް