Support Us

އެމް.އައި.ބީގެ އޭ.ޓީ.އެމް ހިދުމަތް 19 ރަށަކަށް ފުޅާކުރަނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)ގެ އޭ.ޓީ.އެމް ޚިދުމަތް 19 ރަށަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭ.ޓީ.އެމް ޚިދުމަތް ފުޅާކުރުމާ ބެހޭގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި އިސްލާމިކް ބޭންކާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ. މި ފަހުމްނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުފައްދަލް އިދްރީސް ޚުމްރީއެވެ.

މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ޤާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު ފުއްދެވުމަށް ކުރިއަށްގެންދަވާ މަސައްކަތެކެވެ.

މިހާރު 12 އަތޮޅުގެ 18 ރަށެއްގައި އެމް.އައި.ބީގެ 39 އޭ.ޓީ.އެމް ޤާއިމުކުރެވިފައިވާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް އެމް.އައި.ބީގެ އިތުރު 23 އޭ.ޓީ.އެމް އެކި ރަށްރަށުގައި ޤާއިމުކުރެވޭނެއެވެ. އަދި މި މަޝްރޫޢު ނިމޭއިރު އެމް.އައި.ބީގެ އޭ.ޓީ.އެމް.ގެ ޚިދުމަތް 16 އަތޮޅެއްގެ 37 ރަށަކަށް ފޯރުކޮށްދެވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް