Support Us

ފަސް އަހަރުންދަށުގެ ކުދިން މާސްކު އަޅާނެ ކަމެއް ނެތް

ފަސް އަހަރުން ދަށުގެ ކުދިން މާސްކު އަޅައިގެން އުޅުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ޑަބްލިއުއެޗްއޯއާއި ޔުނިސެފުން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއާއި ޔުނިސެފުން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ފަސް އަހަރުން ދަށުގެ ކުދިންނަށް ވައިރަސް ޖެހި، އެކުދިންގެ ފަރާތުން އެހެން މީހުންނަށް ވައިރަސް ފެތުރުން ނާދިރު ކަމަށެވެ. އެހެން ނަމަވެސް، އެކި އުމުރުފުރައިގެ ކުދިންނަށް އޭގެ އަސަރުކުރާނީ އެކިވަރަށް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކުޑަކުދިންނަށްވުރެ ބޮޑަށް ފުރާވަރު ކުދިންގެ ފަރާތުން ވައިރަސް ފެތުރޭލެއް ފަސޭހަ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ވެސް އެ ބަޔާނުގައި ބުނެއެވެ. ޑަބްލިއުއެޗްއޯއާއި ޔުނިސެފުން ވަނީ މާސްކު އެޅުމުގައި އަމަލުކުރަންވީ ގޮތް އުމުރުފުރާތަކަށް ބަހާލައިގެން އައު ގައިޑްލައިނެއް ނެރިފައެވެ.

އެގޮތުން އެ ގައިޑްލައިނުގައި ބުނެފައި ވަނީ ފަސް އަހަރުން ދަށުގެ ކުދިން މާސްކު އަޅައިގެން އުޅުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ. އަދި ހަ އަހަރާއި އެގާރަ އަހަރާއި ދެމެދުގެ ކުދިން މާސްކު އެޅުމުގައި އަމަލުކުރަންޖެހޭނީ ދިރިއުޅޭ ސަރަހައްދާއި، މުޖުތަމައުގެ އިތުރުން އެކުދިންގެ ހާލަތަށް ރިއާއަތްކޮށް ކަމަށެވެ. އަދި ބާރަ އަހަރުން މަތީގެ ކުދިން އަމަލުކުރަންޖެހޭނީ ބޮޑެތި މީހުންނެކޭ އެއްފަދައިން، ނުވަތަ އެ ގައުމަކުން ބޮޑެތި މީހުންނަށް މާސްކު އަޅަން ލާޒިމްކުރާ ގަވައިދާއި އެއްގޮތަށެވެ.

މީގެ އިތުރުންވެސް އެއްވެސް ސިއްހީ މައްސަލައެއް ދިމާވުމުގެ ސަބަބުން މާސްކު އެޅުމަށް ނުކުޅެދިއްޖެ ހާލަތެއްގައި މާސްކު ނޭޅިނަމަވެސް ތައުލީމުން މަހުރޫމް ކުރެވިގެން ނުވާނެކަމަށް ވެސް އެ ގައިޑްލައިނުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *