އިރަކީ އަހަރެމެންނާ އެންމެ ގާތުގައި މިލްކީވޭގައި ހިމެނޭ ތަރިއެވެ.
އަހަރެމެންގެ ދިރުން ދަމަހައްޓައިދޭ ތަރި ކަމަށްވާ އިރުގެ ތާރީޚަކީ މިޒަމާނުގައި އަޅުގަނޑުމެންނަށް ފެނިފައިވާ ކަންތައްތަކުގެ ތެރެއިން މާ ފުޅާކޮށް، މާ ފާޅުކަން ބޮޑުކޮށް ފެންނަން އޮތް ތާރީޚެކެވެ. އަޅުގަނޑުމެންނަށް މިހާރު ސޯލާ އެކްޓިވިޓީއާ ބެހޭ ގޮތުން ވިސްނޭ ކަންކަމުގެ ތެރޭގައި އަހަރެމެންގެ ޓެކްނޮލޮޖީއަށް ބުރޫއަރާފާނެ ފަދަ ސޯލާ ފްލެއާސް ނުވަތަ އަލިފާން ހުޅުގަނޑުތަކާއި ޖިއޮމެގްނެޓިކް ތޫފާންތައް ފެންނަމުން ދެއެވެ.
ފަހުގެ ދިރާސާތަކުން ދުރު މާޒީގެ ސޯލާ އިވެންޓްތަކުގެ މާ ބޮޑެތި ހެކިތައް ފެނިފައިވެ އެވެ. މި ހޯދުންތަކުން، ޚާއްޞަކޮށް ޤަދީމީ ގަސްތަކުގެ އެތެރޭގައި ހުންނަ ވަށް ރޮނގުތައް، ނުވަތަ ރިންގު ތަކުން ފެންނަ ކުރެހުންތައް ބަލައި ދިރާސާ ކުރުމުން އަޅުގަނޑުމެންގެ ޒަމާނީ، ޓެކްނޮލޮޖީއަށް ބަރޯސާވާ މުޖުތަމަޢަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކާރިސާތަކެއް އިރުން އަތުވެދާނެކަން ހާމަވެގެންދެއެވެ.
އޭގެ ތެރެއިން ބައެއް ގަސްތަކަކީ އެތައް ހާސް އަހަރެއް ވަންދެން ދިރި ހުރި ގަސްތަކެކެވެ. އެއީ ގުދުރަތީ އަރުޝީފްގެ ގޮތުގައި ބެލެވޭ ގަސްތަކެކެވެ. މި ގަސްތަކަކީ އިރުގެ ހަރަކާތްތައް އެތައް ގަރުނެއް ވަންދެން ރެކޯޑް ކުރަމުން ގޮސްފައިވާ ގަސްތަކެކެވެ. މި ގަސްތައް ބޮޑުވަމުންދާ ވަރަކަށް ކޮންމެ އަހަރެއްގެ ބަދަލުވަމުންދާ ހާލަތު ދައްކުވައިދޭ ކުރެހުންތައް އޭގެ ލަކުޑިގަނޑުގައި ކުރެހެމުން ދެއެވެ. އިރުން އަންނަ ރޭޑިއޭޝަންތަކަށް އައިސްފައިވާ ބަދަލުތައް ރިކޯޑް ކުރެވިފައިވެއެވެ. މި ގަސްތަކުގެ ރިންގުތައް ދިރާސާކުރާ ސައިންސްވެރިން ކަމަށްވާ ޑެންޑްރޯކްރޮނޮލޮޖިސްޓުން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި މި ރިންގުތަކުން ތާރީޚީ ރެކޯޑެއް ފެނިގެން ދާއިރު، އިންސާނުން އުޅެން ފެށުމުގެ މާކުރިން ހިނގާފައިވާ އިރުގެ މުހިންމު ހާދިސާތައް ވެސް މި ގަސްގަހުން ހާމަކޮށްދެއެވެ.

ކޮސްމިކް ރޭ ފިޒިސިސްޓެއް ކަމަށްވާ ފުސާ މިޔާކޭ 2012 ވަނަ އަހަރު ޖަޕާނުގެ ސީޑާ ގަސްތަކުގެ ރިންގުތައް ދިރާސާ ކުރަމުން ދަނިކޮށް ވަރަށް މައިގަނޑު ހޯދުންތަކެއް ހޯދުނެވެ. އެކަމަނާ ވަނީ މީލާދީން 774 ވަނަ އަހަރުގެ ކާބަންގެ ރޭޑިއޯއެކްޓިވް އައިސޮޓޯޕް އެއް ކަމަށްވާ ކާބަން-14 ގައި ހީވެސް ނުކުރާ ގޮތަކަށް ހުރި ސްޕައިކް އެއް ފާހަގަކޮށްފައެވެ. މި ސްޕައިކް އާދަޔާ ޚިލާފަށް ބޮޑު ކަމަކަށްވީ މިޒަމާނުގައި ފެނިފައިވާ އިރުގެ އެއްވެސް ހާދިސާއަކުން މިގޮތަށް މިހާ ބޮޑު ސްޕައިކެއް ފެނިފައި ނުވާތީ އެވެ. އިތުރު ތަހުލީލުތަކުން ދެއްކީ މިއީ "ސުޕަރފްލޭއާ"ގެ ނަތީޖާއެއް ކަމަށާއި މިއީ މިޒަމާނުގެ ޒަމާނުގައި ރެކޯޑްކުރެވުނު އެއްވެސް ޕާޓިކަލްތަކަށްވުރެ މާ ބާރުގަދަ ސޯލާ ޕާޓިކަލްތަކުގެ ބޮޑު ހުޅުގަނޑެއް ދުނިޔެއަށް ފޯރާފައިވާކަން ދައްކައިދޭ ނިޝާނެއް ކަމަށެވެ. މި ހޯދުން އޭގެ ފަހުން އެންޓާޓިކާ އާއި ގްރީންލޭންޑްގެ ގަސް ރިންގުތަކާއި ގަނޑުފެނުގެ ކޯރުތަކުގެ ދިރާސާތަކުން ކަށަވަރުވެފައިވަނީ، މިފަދަ ޕްރޮސެސްތަކުން އުފައްދާ އައިސޮޓޯޕްތައް ކަމަށްވާ ބެރިލިއަމް-10 އަދި ކްލޮރިން-36 ގައި ވެސް މި ސްޕައިކްތައް ހުރި ކަމަށެވެ.
މިހާރު "މިޔާކޭ އިވެންޓްސް ގެ ނަމުން މަޝްހޫރު މި ބޮޑު ސޯލާ އިވެންޓްތައް ފާއިތުވި 15،000 އަހަރު ތެރޭގައި އެތައް ފަހަރަކު ހިނގާފައިވާއިރު، އެންމެ ފަހުން ހިނގާފައިވަނީ މީލާދީން 993 ވަރަކަށް އަހަރު އެވެ. ނަމަވެސް ރެކޯޑް ކުރެވިފައިވާ އެންމެ ވަރުގަދަ ހާދިސާ 2023 ވަނަ އަހަރު ހޯދި އެޑޫއާޑް ބާޑް އާއި އޭނާގެ އެކުވެރިންނަށް 14،300 އަހަރު ކުރިން ދެކުނު ފްރާންސްގެ ފޮސިލައިޒްޑް ސްކޮޓްސް ޕައިން ގަސްތަކުގައި ބޮޑު ކާބަން-14 ސްޕައިކެއްގެ ހެކިތައް ފެނިފައިވެ އެވެ. މި އިވެންޓަކީ ކުރިން ދެނެގަނެވުނު މިޔާކޭ އިވެންޓަކަށްވުރެ ދެގުނަ ވަރުގަދަ އިވެންޓަކަށް ވުމުން، މިހާރުވެސް މިފަދަ ބޮޑެތި އިވެންޓްތަކަކީ ފުރަތަމަ ހީކުރި ވަރަށް ވުރެ ވެސް ފަނާކުރަނިވި ހާދިސާތަކަކަށް ވެދާނެ ކަމުގެ އިޝާރާތެކެވެ.
މިއަދު ހިނގަމުންދާ މިޔާކޭ އިވެންޓެއްގެ ސަބަބުން ކުރިމަތިވެދާނެ އަސަރަކީ ބިރުވެރި ކަމެކެވެ. މާޒީގައި މިފަދަ ހާދިސާތަކަކީ ބިރުވެރިކަން އުފެދޭ ކަމެއް ނަމަވެސް އިންސާނީ މުޖުތަމައުތަކަށް މާބޮޑު ގެއްލުމެއް ނުލިބޭ ކަންތައްތަކަކަށް ވެދާނެ އެވެ. ނަމަވެސް މިއަދު އަހަރެމެން ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާ ވަރުން، އޭގެ ނަތީޖާ މުސީބާތަކަށް ވެދާނެއެވެ. އިރު 11 އަހަރުގެ ހަރަކާތްތެރިކަމުގެ ދައުރެއް ތަކުރާރު ކުރަމުންދާއިރު، އެ ދުވަސްވަރު ދުނިޔޭގައި ޖިއޮމެގްނެޓިކް ތޫފާންތައް އުފެދުމުގެ ސަބަބުން ސޯލާ ފްލޭއާސް އާއި ކޮރޮނަލް މާސް އިޖެކްޝަންސް (ސީއެމްއީ) އުފެއްދިގެން ދެ އެވެ. މި ތޫފާންތަކުގެ ސަބަބުން ކަރަންޓް ގްރިޑްތަކާއި ސެޓެލައިޓް އޮޕަރޭޝަންތަކާއި މުވާސަލާތީ ނިޒާމުތަކަށް ބުރޫއަރާފާނެ އެވެ. ފާހަގަކޮށްލެވޭ މިސާލަކީ 1989 ވަނަ އަހަރު ކިއުބެކްގެ ހުރިހާ ހިސާބަކުން ކަރަންޓް ކެނޑުން ހިމެނުނީ ހަ މިލިއަން މީހުންނަށް ކުރިމަތިވި ތޫފާނަކަށެވެ.

ފަހުގެ ތާރީޚުގައި އުފެދުނު އެންމެ ބާރުގަދަ އިރުގެ ތޫފާން ކަމަށްވާ 1859 ވަނަ އަހަރު ހިނގި ކެރިންޓަން އިވެންޓުން ޓެލެގްރާފް ސިސްޓަމްތަކަށް ފުޅާ ދާއިރާއެއްގައި ގެއްލުން ލިބި، މުޅި ދުނިޔެއަށް ވަރުގަދަ އޮރޯރާތައް އުފެދުނުތަން ފެނިގެންދިޔައެވެ. މިއަދު މިފަދަ ހާދިސާއެއް ހިނގައިފިނަމަ އޭގެ ސަބަބުން ދުރުރާސްތާގެ ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމަށާއި އޭގެ ތެރޭގައި ޖީޕީއެސް ސިސްޓަމްތަކާއި ޕަވަރ ގްރިޑްތަކާއި އިންޓަނެޓަށް ބުރޫއަރާނެއެވެ. މިފަދަ ހާދިސާއެއްގެ އިގްތިސާދީ އަސަރު އެމެރިކާގައި އެކަނިވެސް 2.6 ޓްރިލިއަން ޑޮލަރާ ހަމައަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ނަމަވެސް މިޔާކޭ އިވެންޓްތަކަކީ ކެރިންޓަން އިވެންޓަށް ވުރެ މާ ވަރުގަދަ އިވެންޓަކަށް ވާތީ، މީގެ ގެއްލުން އަދި މާބޮޑުވެދާނެ ކަމަށް ބެލެވެ އެވެ.
މިޔާކޭ އިވެންޓްތަކުގައި ކެރިންޓަން އިވެންޓާ ގުޅުން ހުރި ޕާޓިކަލްތަކަށްވުރެ މަދުވެގެން ދިހަގުނަ ވަރުގަދަ ޕާޓިކަލްތައް ހުޅުފަޅައިގެން ދިއުން ހިމެނެއެވެ. މިޒަމާނުގެ ޓެކްނޮލޮޖީއަށް ލިބިދާނެ ގެއްލުންތަކުގެ މިންވަރު ފާހަގަކުރަން ވެސް ދައްޗެވެ. މިކަމުން ސެޓެލައިޓްތައް ހަލާކުވެ، ޕަވަރ ގްރިޑްތައް ފޭލްވެ، ނިއުކްލިއާ އިންޖީނުގެތަކުން ފެށިގެން ކޮންމެ ދުވަހަކު ބޭނުންކުރާ ޑިވައިސްތަކާ ހަމައަށް ހުރިހާ ކަމެއް ކޮންޓްރޯލްކުރާ ނާޒުކު އިލެކްޓްރޯނިކްސް އަށް ގެއްލުން ލިބިގެން ދާނެ އެވެ. މި ހާދިސާތަކުގެ ސަބަބުން އޭވިއޭޝަނަށް ވެސް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެއެވެ. ފްލައިޓްތަކަށް ޕޯލްތަކުގެ ކައިރީގައި ހުންނަ ނުރައްކާތެރި ރޭޑިއޭޝަން ތަކުން ސަލާމަތް ކުރުމަށް ރީރޫޓް ކުރަން ޖެހޭނެ އެވެ.
މިޔާކޭގެ ހާދިސާތަކާ ބެހޭ ގޮތުން އިތުރަށް ދަސްކުރުމަށް، ގަސްތަކުގެ ރިންގު ތަކާއި އައިސް ކޯރުތައް ދިރާސާ ކުރަމުންދާއިރު، މިފަދަ ހާދިސާއެއް އަނެއްކާވެސް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވެއެވެ. އަޅުގަނޑުމެންގެ އިރުން މި ހާދިސާތައް މާޒީގައި އުފެދިގެން ގޮސްފައިވާ ކަމުން ދޭހަވަނީ ކުރިއަށް އޮތް ތަނުގައި އަނެއްކާވެސް އެކަން ކުރިމަތިވެދާނެ ކަމެވެ. ދެން މިޔާކޭ އިވެންޓް ހިނގާނެ ދުވަހެއް ލަފާ ނުކުރެވުނު ނަމަވެސް، އަހަރެމެންގެ އިންފްރާސްޓްރަކްޗަރ އާއި ޓެކްނޮލޮޖީ ހިމާޔަތް ކުރުމަށްޓަކައި ރައްކާތެރިކަމުގެ ސްޓްރެޓެޖީތައް އެކުލަވާލައިގެން، އެ ފުރުސަތަށް ތައްޔާރުވާން ޖެހެއެވެ.
