Support Us

ތޫފާން ޑެބީގައި ފްލޮރިޑާގެ ގޮނޑުދޮށަކަށް ލެއްގި 25 ކޮކެއިން ޕެކެޓް

އެއް މިލިއަން ޑޮލަރުގެ މަސްތުވާތަކެތީގެ ތޫފާނެއް

ހަރިކޭން ޑެބީގެ ނަން ދީފައިވާ ތޫފާންގެ ސަބަބުން އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ގޮނޑުދޮށަކަށް މަސްތުވާތަކެތި ލައްގައިފިއެވެ.

ހޯމަ ދުވަހު ބީޗަށް ލެއްގީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަޅައި ބަންދުކޮށްފައިވާ 25 ޕެކެޓެވެ. މީގެ އަގު އެއް މިލިއަން ޑޮލަރު (15.42 މިލިއަން ރުފިޔާ)އަށް އަރާކަމަށް އެމެރިކާގެ ބޯޑަރު ބަލަހައްޓާ އިދާރާގެ އެޖެންޓް ސެމިއުލް ބްރިގްސް އެކްސްގައި ބުންޏެވެ.

"ކޮކެއިން ޕެކެޓްތައް ފެނިގެން ރިޕޯޓްކުރީ އާއްމުންގެ މީހަކު،" ސެމިއުލް ބުންޏެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ފްލޮރިޑާގެ ޓެމްޕާ ސިޓީގެ މޭޔަރު ޖޭން ކޭސްޓާއަށް ވަނީ ގޮނޑުދޮށުން 31 ކިލޯގެ ކޮކެއިން ފެނިފައެވެ. އޭނާ ޗުއްޓީ ހޭދަކުރައްވަނިކޮށެވެ.

ތޫފާން ޑެބީގެ ސަބަބުން މިހާތަނަށް އެކަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން އެތައް ހާސް ތަނަކުން ކަރަންޓު ކެނޑި، ފެންބޮޑުވުމުގެ ހާދިސާތައް ވެސް ދަނީ ކުރިމަތިވަމުންނެވެ.

ފްލޮރިޑާއަކީ ދެކުނު އެމެރިކާއިން ޔޫރަޕަށާއި އުތުރު އެމެރިކާއަށް ކޮކެއިން ސްމަގްލްކުރާ ހަބެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް