ތިރީގައި މި ވަނީ މީހެއްގެ އިރުޝާދުގެ ބަސްކޮޅެކެވެ.
1. ރަހުމަތްތެރިއަކަށް ދަރަންޏަށް ފައިސާ ދޭން ގަސްދުކޮށްފި ނަމަ، ވަރަށް ބޮޑަށް ވިސްނާލަން ޖެހެއެވެ. އެއީ އެ ފައިސާ ވެސް އަދި އެ ރަހުމަތްތެރިޔާ ވެސް ގެއްލިދާނެތީއެވެ!
2. ހުރިހާ ކަމެއްގައި ހަނދާނުގެ މައްޗަށް އިއުތިމާދު ނުކުރާށެވެ. ބައެއް ކަންކަމީ ލިޔެފައި ބަހައްޓަން ޖެހޭ ކަންކަމެވެ.
3. މީހަކު ލައްވާ މަސައްކަތެއް ކުރުވާ ނަމަ، އެ މަސައްކަތުގެ އުޖޫރަ ދޭންވާނީ އެ މަސައްކަތް ނިންމުމުންނެވެ. އޭގެ ކުރިއަކުން ނޫނެވެ.
4. ހިއްވަރު ހުރި ކެރޭ މީހަކަށް ވާށެވެ! ނޫން ނަމަ، އެ ގޮތް ދައްކާލައިގެން އުޅޭށެވެ! ގިނަ ފަހަރަށް އެހެން މީހުންނަށް އެ ދެކަމުގެ ތަފާތު ފާހަގައެއް ނުކުރެވޭނެއެވެ.
5. ތިން ފަހަރު ފޭލިވެފައިވާ މީހަކާ އެއްކޮށް ވިޔަފާރިއެއް ނޫނީ މަސައްކަތެއް ފަށަން ނޫޅޭށެވެ.
6. އަޑު އިވޭ ކޮންމެ ވާހަކައެއް ގަބޫލު ނުކުރާށެވެ. އަތުގައި އޮންނަ ހުރިހާ ފައިސާއެއް އެއްކޮށް ހޭދަކޮށް ނުލާށެވެ.
7. ދަރިންނަށް އަޅާލައި ހެޔޮކޮށް ހިތުމުގެ ކުރިން، އަނބި ފިރިންނަށް ހެޔޮކޮށް ހިތާށެވެ.
8. ތިން އެއްޗެއް ގެއްލުނަ ނުދޭށެވެ! ކަލޭގެ ރުޅީގެ މައްޗަށް އޮންނަ ހިފެހެއްޓުމާއި ކަލޭގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ކަލޭގެ ސައިކަލުގެ/ ކާރުގެ ތަޅުދަނޑިއެވެ!!
9. އެންމެން ވެސް ތައުރީފުގެ ބަހަށް ލޯބިކޮށް އެކަން ބޭނުން ވެއެވެ. އެހެންވީމާ ތައުރީފުގެ ބަސް ހައްގުވާ ފަރާތަށް އިއްވާލާށެވެ! ނަމަވެސް، ޚުޝާމަދުކޮށް މުނާފިގު ނުވާށެވެ!
10. ދަރިންނާ އެއްކޮށް ކުޅިވަރެއް ކުޅޭ ނަމަ، އެކުދިން މޮޅުވެދިޔަދޭށެވެ!
11. ނުކެރި ލަދުގެން އެކަކު ވެސް އެއްޗެއް ނުބުނެ އިށީނދެއްޖެ ނަމަ، ތެދުވެ، ރީތި ހެޔޮ ބަސްކޮޅެއް ބުނާށެވެ!
12. މީހެއްގެ ތަނަވަސް ކަމާއި މުއްސަނދިކަން، އެ މީހަކު ލާފައި ހުންނަ ހެދުމެއްގެ ނޫނީ އެ މީހަކު ދުއްވާ އުޅަނދެއްގެ މައްޗަށް ބިނާކޮށް، އެމީހާގެ ބޭރުފުށަށް ބަލައި، ކަނޑައަޅަން ނުހަދާށެވެ!
13. އަމިއްލަ ނަފުސަށް އަޅާލައި އަމިއްލަ ސިއްހަތާ މެދު އަބަދުވެސް ރައްކާތެރިވާށެވެ. މި ގޮތުން ބަލާއިރު، ބަލިތަކުގެ ޖަގަހައަކީ ބަނޑުކަން ހަނދާނުން ފޮހެވިގެން ދިޔަދީގެން ނުވާނެއެވެ.
