ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ދަށުން، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ ފުރަތަމަ 50 މީހުން މިއަދު ފުރާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 މީހުން، އެމަނިކުފާނުގެ ޒަޢާމަތުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވައިދެއްވާނެ ކަމަށް އެ މަނިކުފާނު އިޢުލާނުކުރެއްވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި، މިދިޔަ އަހަރުގެ އޮގަސްޓް 18 ވަނަ ދުވަހުގެރޭ، މ. މުލަކު ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެއާއެކު، ސެޕްޓެމްބަރު 30ގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތްތާ ތިން ވަނަ ހަފުތާ ތެރޭ، ޑިސެމްބަރު ފަހެއްގައި، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައި، ރިޔާސީ ދައުރުގައި އަންނަ ފުރަތަމަ ޙައްޖު މޫސުމުގައި، ސަރުކާރުގެ ޚަރަދުގައި 50 ފަޤީރުން ޙައްޖަށް ފޮނުއްވުމަށް ނިންމަވައި އެކަން އިޢުލާނުކުރެއްވިއެވެ.
މި 50 މީހުން ވެސް ހައްޖަށް ދާނީ، ރާއްޖެއަށް ލިބިފައިވާ 1,150 މީހުންގެ ކޯޓާގެ ތެރޭގައި ހިމެނިގެން، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 މީހުން، އެމަނިކުފާނުގެ ޒަޢާމަތުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވައިދެއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި، މިދިޔަ އަހަރުގެ އޮގަސްޓް 18 ވަނަ… pic.twitter.com/MD1lbLnviW
— adhives.mv (@AdhivesOnline) June 6, 2024



advertisment