Support Us

ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ދަށުން ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ ފުރަތަމަ 50 މީހުން މިއަދު ފުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ދަށުން، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ ފުރަތަމަ 50 މީހުން މިއަދު ފުރާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 މީހުން، އެމަނިކުފާނުގެ ޒަޢާމަތުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވައިދެއްވާނެ ކަމަށް އެ މަނިކުފާނު އިޢުލާނުކުރެއްވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި، މިދިޔަ އަހަރުގެ އޮގަސްޓް 18 ވަނަ ދުވަހުގެރޭ، މ. މުލަކު ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެއާއެކު، ސެޕްޓެމްބަރު 30ގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތްތާ ތިން ވަނަ ހަފުތާ ތެރޭ، ޑިސެމްބަރު ފަހެއްގައި، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައި، ރިޔާސީ ދައުރުގައި އަންނަ ފުރަތަމަ ޙައްޖު މޫސުމުގައި، ސަރުކާރުގެ ޚަރަދުގައި 50 ފަޤީރުން ޙައްޖަށް ފޮނުއްވުމަށް ނިންމަވައި އެކަން އިޢުލާނުކުރެއްވިއެވެ.

މި 50 މީހުން ވެސް ހައްޖަށް ދާނީ، ރާއްޖެއަށް ލިބިފައިވާ 1,150 މީހުންގެ ކޯޓާގެ ތެރޭގައި ހިމެނިގެން، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *