Support Us

ދިރާސީ މަސައްކަތްތައް ފުޅާކުރުމަށް އާ ޕޮލިސީއެއް ތަޢާރަފުކޮށް، ފުރަތަމަ އެއްބަސްވުމުގައި ސޮއިކޮށްފި

އިސްލާމީ ޔުނިވަރސިޓީގެ ކުރާ ދިރާސީ މަސައްކަތްތައް ފުޅާކޮށް ޤައުމަށް ބޭނުންވާ ދިރާސާތައް ހަދައި، ޢިލުމީ ލިޔުންތައް ޝާއިޢުކުރުން އިތުރުކުރުމަށް އާ ޕޮލިސީއެއް ތަޢާރަފުކޮށްފިއެވެ. އަދި މި ޕޮލިސީގެ ދަށުން ކުރާ ފުރަތަމަ ދިރާސީ މަސައްކަތުގެ އެއްބަސްވުމުގައި މޯލްޑިވްސް ފެމިލީ ފައުންޑޭޝަން (އެމް.އެފް.އެފް) އާއެކު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ހިލޭސާބަހަށް މަސައްކަތްކުރާ އެ ޖަމުޢިއްޔާއިން ކުރާ ދިރާސާއަކީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުރައްކާތެރިކަން ނައްތާލުމަށް ބޭނުންވާ ޤަވާޢިދުތަކާއި އުޞޫލުތައް ތަންފީޒުކުރުމަށް އެހީތެރިވެދޭނެ މަސައްކަތެއް ކަމަށް އިސްލާމީ ޔުނިވަރސިޓީން ބުނެއެވެ.

މި އެއްބަސްވުމުގައި ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރ، ރިސަރޗް އެންޑް އިނޮވޭޝަން، ޑރ. ވިސާލް މޫސާ އާއި ސެންޓަރ ފޮރ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން، އެސިސްޓެންޓް ޕްރޮފެސަރ، ޑރ. ޝާފިޔާ އާދަމެވެ. ފެމިލީ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ރައީސާ އާފިޔާ ޢަބްދުލް ޢަޒީޒެވެ.

"މިކަމަކީ ފެމިލީ ފައުންޑޭޝަންގެ ފަންޑުގެ ދަށުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާ ކުރުމަށް ޓަކައި ކުރާ ވަރަށް މުހިންމު މަސައްކަތެއް. މިފަދަ މަސައްކަތެއްގައި އިސްލާމީ ޔުނިވަރސިޓީ އިޚްތިޔާރު ކުރެއްވި ކަމަށް ޓަކައި އެ ފައުންޑޭޝަންގެ ހިއްސާދާރުންނާއި އިސްވާރުންނަށް ޚާއްޞަ ޝުކުރެއް ރައްދުކުރަން،" ޑރ. ޝާފިޔާ ވިދާޅުވިއެވެ.

"މި ފުރުސަތުގައި ހާމަކޮށްލަން ބޭނުންވަނީ އެހެން މުއައްސަސާތަކާ އެކު ވެސް ދިރާސީ މަސައްކަތްތަކާއި އެ މުއައްސަތަކުން ބޭނުންވާ ތަފާތު ޑާޓާތައް ތަހުލީލުކޮށްދީ ނަތީޖާތައް ޝާއިޢުކުރުމަށް ފުރުސަތު ހުޅުވިފައިވާކަން. ރާއްޖޭގެ ގިނަ މުއައްސަސާތަކުގައި ދިރާސީ މަސައްކަތްތައް ކުރުމަށް ގިނަ ފަހަރު އޮންނަނީ ވަގުތު ނުލިބިފައި. ދިރާސީ މަސައްކަތްކުރާ ބަޔަކާ ބައިވެރިވެގެން އެފަދަ ފުރުސަތެއް ފަހިވުމަކީ ދިވެހިރާއްޖޭގައި ޢިލްމީ ޝާއިޢުކުރުންތައް އިތުރުކުރެވޭނެ ގޮތެއް. މި ޒަމާނުގައި ތަނުގެ މަސައްކަތުގެ ފެންވަރު ބެލެނީ އެ ތަނެއްގެ ޢިލުމީ އަދި ދިރާސީ ހެކިތަކުގެ އަލީގައި. އިސްލާމީ ޔުނިވަރސިޓީން މިފެށި މަސައްކަތަކީ ހުރިހާ މުއައްސަސާއަކަށް އަދި މުޅި ގައުމަށްވެސް އެއިން ލާބައާއި މަންފާ ލިބޭގޮތަށް ހުޅުވިފައިވާ ފުރުސަތެއްކަން ހާމަކުރަން."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *