Support Us

ޗައިނާގެ މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ރައީސާ ބައްދަލުކުރައްވައިފި

ޗައިނާގެ އޮފީސް ފޮރ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ މޭޖަރ ޖެނެރަލް ޖާންގ ބާއޯޗުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުން އަންނަ އެހީތެރިކަމާ އެއްބާރުލެއްވުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި މޭޖަރ ޖެނެރަލް ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އިސްތިރާތީޖީ ގޮތުން ގުޅުންތައް ބަދަހިކުރުމާއި އަދި ދެ ޤައުމުގެ ގުޅުން ދިފާއީ ދާއިރާއިން އިތުރަށް ހަރުދަނާކުރެއްވުމަށް މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ކުރިމަގުގައި ދެ ގައުމު އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް