Support Us

ދޮންފަނުގެ ތަރައްޤީގެ އެންމެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ބ. ދޮންފަނު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ އެންމެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ބ. އަތޮޅު ކައުންސިލުގެ އިދާރާގައި މިއަދުއެވެ.

ކައުންސިލުން ވަނީ ދޮންފަނު ރައްޔިތުންނަށް ޕިކްނިކު ދެވޭނެ ރަށެއް ހަމަޖައްސައިދިނުމާއި ބޯހިޔާވަހިކަމަށް ބިން އިތުރުކުރުމާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ލެބޯޓްރީގެ ޚިދުމަތް ބޭނުންވާ ކަމަށާއި ފެނާ ނަރުދަމާގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްގެންދިއުމާއި ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކުނި މެނޭޖުކުރުމުގައި އިތުރު މެޝިނަރީ ބޭނުންވާކަމާއި އަދި ގޯތިދިނުމުގެ ކަންކަން ފަހިކުރަން ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ކަމާ ގުޅުން ހުރި އިދާރާތަކުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *