Support Us

އެއަރ އެމްބިއުލާންސްގެ ޚިދުމަތް މާދަމާ ފަށަނީ

އެއަރ އެމްބިއުލާންސްގެ ޚިދުމަތް މާދަމާ އިން ފެށިގެން ދެއްވަން ފަށްޓަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަސައްކަތް މާރިޗުމަހު ފަށަނީ ޑޭޝް އަށެއްގެ މަތިންދާބޯޓެއް ބޭނުން ކޮށްގެންނާއި ސީޕްލޭނެއް ބޭނުންކޮށްގެން، އެ ބޯޓުތަކުގެ އެތެރެއަށް އެކަށޭނަ ބަދަލުތައް ގެނެސްގެން ކަމުގައެވެ. އަދި މިއީ ރާއްޖޭގައި މި ދާއިރާގެ އަމިއްލަ ޤާބިލުކަން އުފެދިގެންދިއުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑޭޝް އަށެއްގެ މަތިންދާބޯޓެއްގައި މި ޚިދުމަތް ފެށުމުން ރާއްޖޭގެ ކޮންމެ އެއަރޕޯޓަކުންވެސް ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ބަލި މީހުން އުފުލޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އަވަށްޓެރި ސްރީލަންކާއާ ހަމައަށް އަދި އެތަނުން އެހެން މަންޒިލުތަކަށް ވެސް ދަތުރުކުރުމަށް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސީޕްލޭނެއްވެސް މި ޚިދުމަތް ދިނުމަށް ބޭނުންކުރާތީ އެއަރޕޯޓް ނެތް ރަށްރަށުންވެސް ބަލިމީހުން އުފުލޭގޮތް ވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އަމިއްލަ ޤާބިލުކަން އުފައްދައިގެން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާއިރު އަންނަ މަހުގެ ތެރޭގައި ރާއްޖޭގައި އަމިއްލަ ޤާބިލުކަމާއެކު ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތްވެސް ފަށްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގައި މި ޤާބިލުކަންވެސް އުފެއްދުމާއި އަދި ފުރިހަމަ މާނައިގައި ދިވެހިންގެ މިނިވަންކަން ހޯދައިދިނުމަށް ކުރެވޭ މަސައްކަތެއް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ނ. އަތޮޅުގައި ރަނގަޅު ފެންވަރުގައި ފަށައިދެއްވާނެކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މަނަދޫއަށް މަދުވެގެން 300 ހައުސިންގ ބޭނުންވާ ކަމަށާ އަދި ސްޕޯޓް ކޮމްޕްލެކްސްއެއް ޤާއިމުކުރުމާއި މަގުހެދުމާއި އެނޫންވެސް މަނަދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަމާއި ކުރަން ވަޢުދުވެޑައިގެންނެވި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *