Support Us

ފޮއްދޫ ބަނދަރު މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފި

ނ. ފޮއްދޫގެ ބަނދަރު ތަރައްޤީކުރުމަށްޓަކައި މިހާރު ފާސްކޮށްފައިވާ ޑިޒައިނާ ގުޅިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާ ހިއްސާކޮށްފިއެވެ. މި ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާކުރީ ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ނ. ހޮޅުދޫއަށް ވަޑައިގެން ހުންނަވަނިކޮށް ފޮއްދޫގެ ބައެއް ރައްޔިތުންގެ އެދުމުގެ މަތީން އެބޭފުޅުންނާ ބައްދަލުކޮށްލެއްވުމުގައެވެ.

ހޮޅުދޫގެ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ފޮއްދޫގެ ހަރު އުމުރުފުރައިގެ ބައެއް ރައްޔިތުން ވަނީ ފޮއްދޫގެ 180 ރައްޔިތެއްގެ ސޮޔާއެކު، ބޭނުންވާ ބަދަލުތަކާ ގުޅޭ ޕެޓިޝަނެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައިފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ބޭނުންފުޅުވާ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއަށް ތަފުޞީލީ ގޮތެއްގައި ހިއްސާކުރިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ހުށަހެޅި ބަދަލުތައް، ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި އެކަންކަން ބައްލަވާނެކަމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *