Support Us

ހއ. އަތޮޅު ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ހއ. އަތޮޅު ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި، އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތަކާއި، އަތޮޅުތެރޭގެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ކައުންސިލް މެންބަރުންނާ މަޝްވަރާ ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި ހއ. އަތޮޅު ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި ހއ. އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ގެންނަން ބޭނުންވާކަމުގައި ވިދާޅުވިއެވެ. އަދި މިހާރުވެސް ހއ. އަތޮޅުގައި ހައްލުކުރުމަށް ހުރި ކަންކަން މިނިސްޓްރީތަކާއި ކަމާގުޅޭ އިދާރާތަކަށް އަންގަވާފައިވާނެކަން ފާހަގަކުރައްވައި، އެކަންކަމަށް އަވަސް ހައްލެއް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، އަތޮޅުގެ ރައްޔިތުންގެ އާމްދަނީ އިތުރުކުރަން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުންވެސް، ދަތުރުފަތުރާ ގުޅުންހުރި ބިނާރު ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ކަންކަން ރާއްވަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. އަދި، އެކި ކަންކަމަށް ކުރިމަތިވާ ބަޖެޓުގެ ދަތިކަމާއި، ބައެއް ރަށްރަށުގެ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ހއ އަތޮޅަކީ މަސްވެރިކަން ކުރާ ސަރަހައްދެއްކަމުން، މި ސަރަހައްދުގައި ކަނދުފައްޗެއް ބާއްވައިދިނުމަށް އަތޮޅު ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޅި އަތޮޅަށް ފާހަގަކުރެއްވި ކަންތައްތައް ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށެވެ. އަދި މިހާރުން މިހާރަށް ބޭނުންވާ ކަންކަން ފާހަގަކޮށް، އެކަންކަމަށް ހައްލު ހޯދުމަށް ކުރެވެންހުރި ކަންކަން ބައްލަވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *