Support Us

ކޮނޑޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އެއްބާރުލުން ދޭނަން: ރައީސް

ކޮނޑޭއަކީ ދަނޑުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރުވިދާނެ ރަށެއްކަމުގައި ފާހަގަކުރައްވައި އެކަމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ކޮނޑޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮނޑޭ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތް ވަރުގަދަކުރުމަކީ މި ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރަން ގެންގުޅުއްވާ ސިޔާސަތެއް ކަމުގައެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދޭ އަދި އުފެއްދިދާނެ ހުރިހާ ބާވަތެއްގެ ތަކެތި އުފެއްދުން އެއީ، ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި މި ސަރުކާރުން ކަނޑައަޅާފައިއޮތް ވަރަށް ބޮޑު، މުހިންމު ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ އެއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައިވެސް އެތައް ރިސޯޓަކުން ކާބޯތަކެތި ރާއްޖެއިން ބޭރުން އެތެރެކުރާކަން ފާހަގަކުރައްވައި، އެ ދާއިރާއަށްވެސް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަކީވެސް ސަރުކާރުގެ އަމާޒެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮނޑޭގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވައި ނަތީޖާ ނެރެދެއްވާނެކަމުގައި ވިދާޅުވެފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *