Support Us

ހަނދިމާދޫގައި އޮންނަ އެމް.އެން.ޑީ.އެފްގެ ޑޯނިއާ މަތިންދާބޯޓު ކައިރީގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަނީ 

ހެލިކޮޕްޓަރުތަކުގެ އޮޕަރޭޝަނަށް އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީ މީހުން!

ރާއްޖޭގައި އިންޑިއާގެ ހެލިކޮޕްޓަރުތައް ބޭނުންކުރުން ހުއްޓާލުމުގެ ބަދަލުގައި އެތަކެތި އޮޕަރޭޓްކުރުމަށް އިންޑިއާގެ ސިވިލް މީހުން ގެންނަން ރާއްޖެ އާއި އިންޑިއާއިން އެއްބަސްވެއްޖެ އެވެ.

ރާއްޖެ އާއި އިންޑިއާއިން މިގޮތަށް އެއްބަސްވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް ރާއްޖެ އާއި އިންޑިއާގެ ގުޅުން ހުރި ކަންކަމުގައި މަސައްކަތް ކުރުމަށް އުފައްދާފައިވާ ހައިލެވެލް ކޯ ގްރޫޕުން އިންޑިއާގެ ނިއުދިއްލީގައި އިއްޔެ ބޭއްވި އެ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގަ އެވެ.

އިންޑިއާގެ ސިފައިން ބޭލުމާ ބެހޭ ގޮތުން އެ ގްރޫޕްގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިބި އިންޑިއާގެ ސިފައިންގެ ތެރެެއިން އެއް ސަރަހައްދެއްގައި ތިބި މީހުން 10 މާޗުގެ ކުރިން ބޭލުމަށާއި ބާކީ ތިބި މީހުން އަންނަ މެއި މަހުގެ 10 ގެ ކުރިން ބޭލުމަށް އިންޑިއާއިން ވަނީ އެއްބަސްވެފަ އެވެ.

އިންޑިއާގެ ސިފައިން ބޭލި ނަމަވެސް، ހެލިކޮޕްޓަރުތަކުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ދެ ގައުމުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

އެގޮތުން ރާއްޖޭގައި އިންސާނީ އެހީތެރިކަމާއި މެޑިކަލް ބޭނުންތަކަށް ހެލިކޮޕްޓަރުތައް ބޭނުންކުރުން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ "ވޯކަބަލް ސޮލިއުޝަންތަކެއް" ހޯދިފައިވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ހައިލެވެލް ގްރޫޕްގެ ދެ ވަނަ ބައްދަލުވުމަށްފަހު އާއްމުކުރި ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި ބޭނުންކުރާ އިންޑިއާގެ ހެލިކޮޕްޓަރުތަކާއި މަތިންދާ ބޯޓު އޮޕަރޭޓްކުރުން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށާއި އިންޑިއާގެ ސިފައިންގެ ބަދަލުގައި އިންޑިއާގެ މަދަނީ މީހުން އެކަމަށް ބޭނުން ކުރުމާ ބެހޭ ގޮތުން ހައިލެވެލް ގްރޫޕްގެ ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާކޮށްފަައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

އިންޑިއާގެ ހެލިކޮޕްޓަރުތަކާއި މަތިންދާ ބޯޓު ބޭނުންކުރުން ހުއްޓާނުލުމަށް ދެ ގައުމުން އެއްބަސްވެފައިވާއިރު ރާއްޖޭގައި "މެޑިވެކް" އާއި "ސާޗް އެންޑް ރެސްކިއު"ގެ ހިދުމަތްތައް މޯލްޑިވިއަން ޑޭޝް-8 މަރުކާގެ ދެ ބޯޓެއް އެއާ އެންބިއުލައިންސަކަށް ބަދަލުކޮށް، އެ އޮޕަރޭޝަން އަންނަ މަހު ފެށުމަށް ރައީސް ޑރ. މުއިއްޒު ވަނީ އިއުލާން ކުރައްވާފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *