Support Us

ނަތަންޔާހޫ ބުނަނީ ހުޅަނގު އައްސޭރީގެ ސަލާމަތީ ކަންތައް ބަލަހައްޓާނީ އިސްރާއީލުން ކަމަށް 

ހުޅަނގު އައްސޭރީގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން އިސްރާއީލުން ދޫކޮށްނުލާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފިއެވެ. އޭނާ ބުނިގޮތުގައި އެއީ ފަލަސްޠީނު ދައުލަތުގެ މަފްހޫމާ ތަޢާރުޟުވާ ކަމެކެވެ.

އޭނާ އެކްސްގައި ލިޔެފައިވެއެވެ. "ހުޅަނގު އައްސޭރީގެ ހުރިހާ ބިންތަކެއްގެ މައްޗަށް އިސްރާއީލުގެ ފުރިހަމަ ސަލާމަތީ ބާރު އޮންނަން ޖެހޭނެއެވެ. މި ކަން ދޫކޮށެއް ނުލެވޭނެއެވެ. މިއީ ފަލަސްޠީނު ދައުލާތް ޤާއިމުކުރުމާ ތަޢާރުޟުވާ ކަމެކެވެ."

ޣައްޒާ ހަގުރާމައަށްފަހު ފަލަސްޠީނު ދައުލަތް ޤާއިމު ކުރުމާ ބެހޭގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ދެއްވި ބަޔާނާ ނަތަންޔާހޫ ދެކޮޅުހަދާކަމަށް ބުންޏެވެ.

ބައިޑެން ހޮނިހިރުވިލޭރޭ ވިދާޅުވިގޮތުގައި އޭނާ ހުކުރުދުވަހު ފަލަސްޠީނު ދައުލަތް ޤާއިމުކުރުމާ ބެހޭގޮތުން ނަތަންޔާހޫއާއެކު މަޝްވަރާކުރެއްވިއެވެ. ރައީސް ބައިޑެން ވިދާޅުވިގޮތުގައި މި ކަމަށް ޓަކައި މަދަނީ ސަރުކާރެއް އެކުލަވައިލުމާ ދިމާއަށް ދަތުރުފެށިދާނެއެވެ.

ބައިޑެން ނަތަންޔާހޫ އާ މި ގުޅުއްވީ މަހެއްހާ ދުވަސްވަންދެން ނުގުޅުއްވާ ހުންނެވުމަށް ފަހުގައެވެ.

ނަތަންޔާހޫ ވެރިކަމުގައި ހުރެގެން ފަލަސްޠީން ދައުލަތް ޤާއިމުކުރެވިދާނެތޯ ސުވާލުކުރުމުން އެއީ ކުރެވިދާނެ ކަމެއްކަމަށް ބައިޑެން ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު މެލަރ ބުރާސްފަތި ދުވަހު ވިދާޅުވިގޮތުގައި ފަލަސްޠީން ދައުލަތް ޤާއިމުނުކޮށް ޣައްޒާ އަލުން ތަޢުމީރެއް ނުކުރެވޭނެއެވެ. ފަލަސްޠީނު ދައުލަތް ޤާއިމުނުކޮށް އިސްރާއީލާ ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތައް ނައްތައެއް ވެސް ނުލެވޭނެއެވެ.

އެންބީސީ ބުނާގޮތުގައި ފަލަސްޠީން ދައުލަތް ޤާއިމުކޮށްގެން ސުޢޫދީ އިސްރާއީލު ގުޅުންތައް ޠަބީޢީ ކުރުމަކީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދެކޮޅުހަދާ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *