Support Us

ޙަޔަވީ ހަތިޔާރެއްގެ ގޮތުގައި އެމެރިކާއިން މަކުނުވިދުރި ވައިރަސް ބޭނުންކުރުމުގެ އަޖުމަބަލަނީ  

ޕެންޓަގަންގެ ޙަޔަވިއްޔާތުގެ ސައެންސީން ޙަޔަވީ ހަތިޔާރެއްގެ ގޮތުގައި މަކުނުވިދުރި ވައިރަސް ބޭނުންކުރުމާ ބެހޭ ދިރާސާތައް ކުރަން ފަށައިފިއެވެ.

ރޫސީ ސިފައިންގެ ބާރުގެ ޙަޔަވީ ހަތިޔާރާއި ކީމާވީ ހަތިޔާރާއި ރޭޑިއޯލޮޖީގެ ހަތިޔާރާ ބެހޭ އިދާރާގެ ރައީސް އީގޯރު ކިރިލޯވް މިއަދު ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި ކަށިވިދުރީގެ ޠަބީޢީ ވައިރަހާއި އިންސާނުންނަށް ކަށިވިދުރީގެ ތަފާތު ބަލިތައް ޖައްސާ އެހެނިހެން ވިދުރިތަކުގެ ވައިރަހާ ބެހޭ ތަފާތު ދިރާސާތައް އެމެރިކާގައި ކުރަމުންދާތީ އެކަމާމެދު ރަޝިޔާ ކަންބޮޑުވެއެވެ. އިންސާނުންނަށް ކަށިވިދުރި ޖައްސުވާ ބަހާއަކަށް ހެދުމަށް ޓަކައި އެމެރިކާގެ އިޚްޞާއީން މަކުނުވިދުރީގެ ވައިރަސްތައް ތަޖްރިބާކޮށް އަޖުމަބަލަމުންދިޔުން ވަނީ އިތުރުވެފައެވެ.

އޭނާ ވިދާޅުވިގޮތުގައި މި ވައިރަހާއެކު މުޢާމަލާތުކުރުމުގެ ހުއްދަ ދީފައި ވަނީ އެމެރިކާގެ މަރްކަޒަކަށާއި ރަޝިޔާ ސަރުކާރުގެ ސައެންސީ ވިކްޓޯރު މަރްކަޒަށް އެކަންޏެވެ. މި ވައިރަސް ބޭނުންކުރަން ޖެހޭނީ ފަރުވާ ލިބިދިނުމަށް އެކަންޏެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން 2022 ގެ މެއި މަހު ހާމަކުރިގޮތުގައި ނައިޖީރިޔާއިން ވަނީ މަކުނުވިދުރީގެ ވޭދަނާއެއް ވަނީ ފެނިފައެވެ.މި ޖަމްޢިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި 31 އޮކްޓޫބަރު 2023 އާ ހަމައަށް މި ބަލީގެ 91,788 ތަފާތު ވޭދަނާ ވަނީ ފެނިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް