Support Us

ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ބިނާވެފައި ވަނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް: ރައީސުލްޖުމްހޫރިއްޔާ

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ބިނާވެފައި ވަނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް ކަމަށާއި އެއީ އެއް ޤައުމު އަނެއް ޤައުމަށް އިޙްތިރާމު އަދާކުރުމުގެ މައްޗަށާއި، ސައިޒުގެ ގޮތުން ކިތަންމެ ތަފާތު ނަމަވެސް އެއް ޤައުމުން އަނެއް ޤައުމަކީ ހަމަހަމަ ޤައުމެއްގެ ގޮތުގައި ދުށުމާއި، އެ ޤައުމެއްގެ ސަރަޙައްދަށް އިޙްތިރާމުކުރުމާއި، އަދި އެ ޤައުމެއްގެ އެތެރޭގެ ކަންކަމަށް ނުފޫޒު ނުފޯރުވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެން އެއަރޕޯޓްގައި ހުންނަވައި މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރުމުގެ މައްޗަށް ބިނާވެފައިވާ ނަމޫނާ ގުޅުމެއް ކަމަށެވެ. މި ކަންކަމުގެ އިތުރު ތަފްސީލަށް ވަޑައިގަންނަވަމުން، ރާއްޖެއިން ވަން-ޗައިނާ ޕޮލިސީ ބަލައިގަންނަ ފަދައިން ޗައިނާއިންވެސް ރާއްޖޭގެ ސަރަހައްދީ މިނިވަންކަމަށް އިޙްތިރާމުކުރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ރަށްތައް ސައިޒުން ކިތަންމެ ކުޑަނަމަވެސް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ބަލާއިރު މިއީ އިންޑިއާ ކަނޑުގެ އެންމެ ބޮޑު ސަރަހައްދެއް ޙިއްޞާކުރާ އެއް ޤައުމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ކަނޑަކީ ވަކި ބައެއްގެ ތަނެއްގެ ބަދަލުގައި ރާއްޖޭގެވެސް ބޮޑު ޙިއްސާއެއް އޮންނަ ކަނޑެއްކަން ފާހަގަކުރައްވައި، ރާއްޖެއަކީ ކިތަންމެ ކުޑަ ނަމަވެސް މިނިވަން މުސްތަޤިއްލު ޤައުމެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ޤައުމަކާއެކުވެސް ދިވެހިރާއްޖެއިން ބާއްވާ ގުޅުންތައް ބިނާވެފައި އޮންނާނީ މި ހަތަރު އަސާސްގެ މައްޗަށް ކަމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *