Support Us

އެމެރިކާއާއި އިނގިރޭސިން ގުޅިގެން ހޫސީންގެ ލަނޑުދަނޑިތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފި

އެމެރިކާއާއި އިނގިރޭސިވިލާތް ގުޅިގެން ޔަމަނުގެ ހޫސީ އަންޞާރުﷲ ޖަމާޢަތުގެ ބައެއް ލަނޑުދަނޑިތަކަށް ރޭ ފަތިހު ވައިގެ ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތަކުގައި ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި މަނަވަރުތަކާއި އަޑިންދާބޯޓުތައް ބައިވެރިވިއެވެ.

އެމެރިކާއާއި އިނގިރޭސިވިލާތް ބުނާގޮތުގައި އެމީހުން ޙަމަލާދިނީ ވެރިރަށް ޞަންޢާއާއި ޙުދައްޔިދާ ފަދަ މުހިއްމު ސަހަރުތަކުގައި ހުރި ޙޫސީންގެ ރާޑަރުތަކަށާއި ޑްރޯނާއި ރޮކެޓް ހަރުތަކަށާއި އައްސޭރިފަށުގައި ހުރި ފާރަލައި މަރްކަޒުތަކަށެވެ. އެމެރިކާ ބުނާގޮތުގައި އިތުރު ޙަމަލާއެއް ދެން ދޭނީ ޙޫސީން އަލުން ޙަމަލާއެއް ދިންނަމައެވެ.

އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާގެ ދައުލަތުގެ ވަޒީރު ގްރާންޓް ސެބިޝް ހާމަކުރެއްވި ގޮތުގައި އިނގިރޭސިވިލާތުގެ ޓައިފުން މަތިންދާބޯޓުތަކުން ޙޫސީންގެ ބައެއް ތަންތަނަށް ކަށަވަރު ޙަމަލާތަކެއް ދިނެވެ. މި ޙަމާލާތަކުގައި އިނގިރޭސިންގެ ހަތަރު ބޯޓު ބައިވެރިވިއެވެ. މި ބޯޓުތައް ފޮނުވުނީ ސައިޕްރަސްގައި އޮންނަ އިނގިރޭސި ޢަސްކަރީ ބޭހުންނެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި ރަތްކަނޑާއި އަރަބިކަނޑުގައި ދަތުރުކުރާ ބޯޓުތައް ޙިމާޔަތްކުރުމުގެ ނަމުގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިން ޤާއިމުކޮށްފައިވާ "ފާގަތި ފާރަވެރިޔާ" އިން މިއަދު ޙޫސީންގެ 12 ލަޑުދަނޑިއަކަށް ޙަމަލާދިނެވެ. މިއީ 2016ގެ ފަހުން އެމެރިކާއިން ޙޫސީންނަށް ދިން ފުރަތަމަ ޙަމަލާއެވެ. "ފާގަތި ފާރަވެރިޔާ" ޤާއިމުކުރީ މި ހުސްވި ޑިސެންބަރު މަހުގެ 18ވަނަ ދުވަހުއެވެ. މި ބާރުގައި އިންޑިޔާއާއި ސްރީ ލަންކާވެސް ރަމްޒީ ގޮތަކަށް ބައިވެރިވެއެވެ.

ޙޫސީންގެ އަންޞާރުﷲ ޖަމާޢަތުގެ އިސްވާރެއް ކަމުގައިވާ ޢަބްދުﷲ ބިން ޢާމިރު ޖަޒީރާއަށް ވިދާޅުވިގޮތުގައި އެމެރިކާގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޞަންޢާއާއި ޙުދައްޔިދާގެ ވަށައިގެން ހުރި މަރްކަޒުތަކަށެވެ. އޭނާ ހާމަކުރެއްވި ގޮތުގައި "އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ބާރު ޙޫސީންނަށް ލިބިގެންވެއެވެ." ޙޫސީންގެ މި އިސްވާރު ވިދާޅުވިގޮތުގައި ރަތްކަނޑު ޢަސްކަރީ ކުރުމުގެ ޒިންމާ ވޮޝިންގްޓަނަށާއި ލަންޑަނަށް އުފުއްލަން ޖައްސާނަމެވެ. އޭނާ އިންޒާރު ކުރެއްވިގޮތުގައި ރަތްކަނޑުގައި ދަތުރުކުރާ އެމެރިކާއާއި އިނގިރޭސިވިލާތުގެ މަނަވަރުތަކަށް ޙަމަލާދިނުމުގެ ޤާބިލުކަން އެ ޖަމާޢަތަށް ލިބިގެންވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *