Support Us

ޣައްޒާ ހަނގުރާމައަށްފަހު އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކުރުމަށް ސުޢޫދީން އަހައްމިއްޔަތުދޭ

ޣައްޒާ ހަނގުރާމައަށްފަހު އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކުރުމަށް ސުޢޫދީޢަރަބިއްޔާއިން އަހައްމިއްޔަތުދޭ ކަމަށް އިނގިރޭސިވިލާތުގައި ހުންނަވާ ސުޢޫދީ ސަފީރު ޚާލިދު ބިން ބަންދަރު ބީބީސީއަށް ހާމަކުރައްވައިފިއެވެ.

މިއިން ކޮންމެ އެއްބަސްވުމަކުން ވެސް ފަލަސްޠީނު ދައުލަތް ޤާއިމުކުރެވެން ޖެހޭނެއެވެ. ޚާލިދު ބިން ބަންދަރު ވިދާޅުވި ގޮތުގައި އޮކްޓޫބަރު ހަތެއްގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށުމުން، ސުޢޫދީން އެމެރިކާ މެދުވެރިކޮށް ބާއްވަމުންދިޔަ ވާހަކަދެއްކުންތައް ހުއްޓައިލުމުގެ ކުރިން، ސުޢޫދިޔާއަށް ވަނީ އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމާބެހޭގޮތުން އެއްބަސްވުމަކާ ވަރަށް ކައިރިއަށް އާދެވިފައެވެ. 

ސުޢޫދީ ސަފީރު ވިދާޅުވިގޮތުގައި ޤައުމުގެ ޒަޢާމަތުން "އެކަމަށް ޚާއްޞަ އަހައްމިއްޔަތެއް" ދެއެވެ. އޭނާ ވިދާޅުވިގޮތުގައި ޑީލް އޮތީ ވަރަށް ކައިރީގައެވެ.

"އަހުރެމެންނަށް ބަލާއިރު އެންމެ ފަހު ނުކުތާއަކީ ފަލަސްޠީނގެ ދައުލަތް ޤާއިމުކުރުން ކަށަވަރުކުރުމެވެ. އޮކްޓޫބަރު ހަތެއްގެ ފަހުންވެސް އެއީ އަހުރެމެން ޤަބޫލުކުރާ ކަމެކެވެ. އެހެނަސް ފަލަސްޠީން ރައްޔިތުންގެ ލޭންދޭނުގައި އަހުރެމެން އެކަމެއް ނުކުރާނަމެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "އަހުރެމެން ތިބީ ގުޅުންތައް ޠަބީޢީކުރުމާ ވަރަށް ކައިރީގައެވެ. ފަލަސްޠީނު ދައުލަތް ޤާއިމުކުރުމާވެސް ވަރަށް ކައިރީގައެވެ. މި ދެ ކަންތައް އެކުއެކުގައި މެނުވީ ކުރިއަކަށް ނުގެންދެވޭނެއެވެ."

"އަހުރެމެން އެދެނީ އިނގިރޭސިވިލާތުން އެހެން  ޤައުމުތަކާއެކު މުޢާމަލާތުކުރާ ގޮތަށް އިސްރާއީލާ އެކުގައިވެސް މުޢާމަލާތު ކުރުމަށެވެ." އޭނާ ވިދާޅުވިއެވެ. "ޙަޤީޤީ މަސްއަލައަކީ އިސްރާއީލާ ދިމާއަށް ކަނުނުކުތާއަކުން ބަލާބެލުމެވެ. އެއީ ޞުލްޙަމަސަލަސްކަމަށް ކަނުނުކުތާއެއް ތަނަވަސްކޮށްދޭ ކަމެކެވެ."

މި ހުސްވި ސެޕްޓެންބަރު މަހު ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން އެމެރިކާގެ ޓީވީއަކަށް ވިދާޅުވިގޮތުގައި "އެއްބަސްވުމަކާ ހަމައަށް ވާޞިލުވުމަށް އަހުރެމެން މި ދަނީ ކައިރިވަމުންނެވެ."

ބިން ސަލްމާން ކަށަވަރުކޮށްދެއްވި ގޮތުގައި "ފަލަސްޠީނުގެ މަސްއަލައަކީ ވަރަށް މުހިއްމު މަސްއަލައެކެވެ. ކޮންމެ އެއްބަސްވުމަކީ ފަލަސްޠީނު މީހުންގެ ޙަޔާތަށް ލުއިކަމެއް ގެނެސްދޭނެ އެއްބަސްވުމަކަށް ވާން ޖެހޭނެއެވެ."

އޮކްޓޫބަރު ހަތެއްގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށުމުން ސުޢޫދީ ޢަރަބިއްޔާއިން ވަނީ ތިން ފަރާތުގެ މެދުގައި ބޭއްވެމުން އައި ވާހަކަދެއްކުންތައް ހުއްޓައިލައިފައެވެ. މި ދިޔަ ހޯމަދުވަހު ބިން ސަލްމާން އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެނާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވިގޮތުގައި ގުޅުންތައް ޠަބީޢީ ކުރުމުގެ ވާހަކަ މަސައްކަތުތާވަލުގައި އެބަ އޮތެވެ. އެހެނަސް  އެ ވާހަކަދެއްކުން ފެށޭނީ އިސްރާއީލުން ހަނގުރާމަ ހުއްޓައިލީމައެވެ. އަދި ފަލަސްޠީނު ދައުލަތް ޤާއިމުކުރުމުގެ ރާސްތާ ޢަމަލީ މައިދާނަކަށް ނެރުމުންނެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *