Support Us

ޙަމާސްގެ ޒަޢީމު ސިންވާރު އުޅުއްވާ ތަން އެނގޭ: އިސްރާއީލު 

ޙަމާސް ޖަމާޢަތުގެ ޒަޢީމު ޔަޙްޔާ އައްސިންވާރު ޣައްޒާގައި އުޅުއްވާ ތަން އިސްރާއީލަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އޭނާއަށް ޙަމަލާނުދީ އިސްރާއީލު މަޑުން މި އޮތީ އޭނާގެ ވަށައިގެން އިސްރާއީލުގެ އެތައް އަސީރުންތަކެއް ތިބީމާ ކަމަށް އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ (އިސްރާއީލު ހާ ޔޯމު) ބުނެފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ މި ހުސްވި ނޮވެންބަރު މަހު ފޮކްސް ނިވްޒަށް ދިން ބަސްދީގަތުމެއްގައި ބުންޏެވެ. "ޙަމާސްގެ ބައެއް އިސް ބޭފުޅުން އޭގެ ތެރޭގައި ޙަމާސްގެ ޒަޢީމު ޔަޙްޔާ އައްސިންވާރު ޣައްޒާގައި އެބަ ތިއްބެވިއެވެ. އަހުރެމެން އެބައިމީހުންނާ ހަމައަށް ވާޞިލުވާނަމެވެ."

އެމެރިކާގެ އިސް މަސްއޫލުވެރިއަކު މި ހުސްވި ޑިސެންބަރު މަހު ވިދާޅުވިގޮތުގައި "ޣައްޒާގައި ހުންނެވި ޙަމާސްގެ ޒަޢީމު ސިންވާރުގެ ދުވަސް ވަރަށް ކުޑަތަން ވެއްޖެއެވެ."

ޣައްޒާ ހަނގުރާމައިގެ އެންމެ އިސް ނާރެހަކީ އަސީރުންގެ މަސްއަލައެވެ. މި ހަނގުރާމައަށް އިސްރާއީލުން ކަނޑައަޅައިފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި އަސީރުން މިނިވަންކުރުމާއި ޙަމާސް ނައްތައިލުން ވެއެވެ. ޤަޠަރާއި މިޞްރު މެދުވެރިވެގެން އިސްރާއީލާ ޙަމާސާ ދެމެދުގައި ވަނީ އަސީރުންކޮޅެއް ބަދަލުކުރެވިފައެވެ. އެހެނަސް އިސްރާއީލުން ޙަމާސްގެ ސިޔާސީ އޮފީހުގެ ނައިބު ރައީސް ޞާލިޙުލް ޢާރޫރީ ބައިރޫތޫގައި އަވަހާރަކޮށްލުމާ ވިދިގެން އަސީރުން ބަދަލު ކުރުމުގެ މަސައްކަތް ވަނީ ހުއްޓިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *