Support Us

އެއްޖިންސުން ޖިންސީކުޅި ކުޅޭ މީހުން ރަޖަމުކުރުމަށް ގޮވައިލައްވައިފި

އެއްޖިންސުން ޖިންސީކުޅި ކުޅޭ މީހުން ރަޖަމުކުރުމަށް ބުރުންޑީގެ ރައީސް އެވަރެސްޓް ނުޑައިޝްމީ ފާޅުގައި ގޮވައިލައްވައިފިއެވެ. އޭނާ އިޝަރާތްކުރެއްވި ގޮތުގައި އެ ޤައުމުގެ ރައްޔިތުން މިކަމަށް އެހީވެދޭނެއެވެ.

ބުރުންޑީގެ އިރުމަތީ ސަރަޙައްދެއްގައި ނޫސްވެރީންނާ ބައްދަލުކުރައްވަމުން ނުޑައިޝްމީ ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ ރަށަށް ލަޢުނަތް ލައްވަން އެދޭނަމަ އެއްޖިންސުން ޖިންސީކުޅި ކުޅޭށެވެ."

އޭނާ ވިދާޅުވިއެވެ. "އަޅުގަނޑަށް ހީވާގޮތުގައި އެމީހުން ބުރުންޑީގައި އުޅޭނަމަ އެންމެ ރަނގަޅު ގޮތަކަށް ވާނީ ދަނޑަށް ގެންގޮސް ރަޖަމުކުރުމެވެ. މިއީ ނުބައި ކަމެއް ނޫނެވެ."

އެއްޖިންސުން ޖިންސީ ޢަމަލުތައް ހިނގުމާ ދެކޮޅުހަދާ ކުދި ޤައުމުތަކާ ދެކޮޅަށް ހުޅަނގުން ފިޔަވަޅު އަޅާނެކަމުގެ ބިރުދައްކަމުންދާތީ އެ ޤައުމުތަކާ ދެކޮޅަށް ބުރުންޑީގެ ރައީސް ފާޑުވިދާޅުވިއެވެ.

އޭނާ ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ އެހީތައް ބަހައްޓާށެވެ!" އޭނާ ވިދާޅުވިގޮތުގައި"އެއް ޖިންސުން ޖިންސީކުޅި ކުޅުމުގެ ވަބާ އައިސްގެން މި އުޅެނީ ހުޅަނގުންނެވެ."

އޭނާ ވިދާޅުވިގޮތުގައި ބޭރުގައި އުޅޭ ބުރުންޑީ މީހުންގެ ތެރެއިން މި ކުޅި ކުޅޭ މީހުން މި ވަނީ "ޝައިޠާނާ އިޚްތިޔާރުކޮށްފައެވެ. އެމީހުން ރަނގަޅު ވާނީ އެނބުރި ރަށަށް ނައުމެވެ."

ބުރުންޑީގައި އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމަކީ 2009 ން ފެށިގެން ޤާނޫނީ ކުށެކެވެ. ދެ މީހުން ރުހުމުގައި އެ ޢަމަލު ހިންގައިފިނަމަ ދެ އަހަރު ދުވަހަށް ޖަލަށް ލެވޭނެއެވެ.

ބުރުންޑީގައި މި ކުޅިއާ ދެކޮޅަށް މި ދިޔަ މޭ މަހު ފެށި ޙަމަލާގައި 24 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ބުރުންޑީގައި މި ހުސްވި މޭމަހު ފާސްކުރި ޤާނޫނު ބުނާގޮތުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގާ މީހުންނަށް މަރުގެ އަދަބު ދެވިދާނެއެވެ.

މިކަމާ ވިދިގެން އެމެރިކާއިން ވަނީ ބުރުންޑީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އެމެރިކާގެ ބާރުގައި ދުނިޔޭގެ ބޭންކުން ވަނީ ބުރުންޑީއަށް ދަރަނި ދިނުން ވެސް ހުއްޓައިލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *