Support Us

އިސްރާއީލުން ޖަނީނަށް ވަދެ ހުޅަނގުއައްސޭރި ހޫނުކުރަން ފަށައިފި

އިސްރާއީލުން ފަލަސްތީނުގެ ޖަނީނަށް އަރައި ހުޅަނގުއައްސޭރި ހޫނުކުރަން ފަށައިފިއެވެ.

ޖަނީނާއި ޖަނީނުގެ ފޭލިގެއަވަށުގައި އިސްރާއީލުން ދެމުންދާ ޢުދްވާނީ ޙަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ޢަދަދު މިހާރު ވަނީ ފަހަކަށް އިތުރުވެފައެވެ. އަދި އިތުރު ފަސް މީހުން ވަނީ ޒަޚަމުވެފައެވެ.

އިސްރާއީލުން ޖަނީނަށް އެރީ އިއްޔެއެވެ. ޖަނީން ފޭލިގެ އަވަށް ޙިޞާރުކުރުމުގެ ސަބަބުން ފަލަސްޠީނުގެ މުޖާހިދުންނާ އިސްރާއިލު ސިފައިންނާ ދެމެދުގައި ކުރިމަތިލުންތައް ހިނގަމުން ދާކަމަށް ފަލަސްޠީނުން ބުންޏެވެ. .

އިސްރާއީލުގެ ޢަސްކަރިއްޔާއިން ޖަނީނު ފޭލިގެއަވަށުގެ ގެތަކަށް ބޮޑުބަޑިން ޙަމަލާތައް ދެމުންދާއިރު ބުލްޑޯޒަރުތަކުން ދަނީ މަގުތަކާއި ބިނާރުތައް ހަލާކުކުރަމުންނެވެ.

އިސްރާއީލު ސިފައިން ވަނީ ޖަނީނުގެ ރަސްމީ ހަސްފަތާލާއި އިބްނު ސީނާ ހަސްފަތާލާއި ރެޑް ކްރެސެންޓްގެ މައިމަރްކަޒު ޙިޞާރުކޮށްފައެވެ. އެ މަރްކަޒުން ބުނާގޮތުގައި އެންބިއުލެންސަކަށް ވެސް ޚިދްމަތް ދެވެނީ އިސްރާއީލު ސިފައިންނާއެކު ވިލަރެސްކޮށްގެންނެވެ.

އިސްރާއީލުގެ ޑްރޯންތައް ޖަނީން މަތީ އުދުހެމުން ހޯރައަޅަމުންދާއިރު އިސްރާއީލުގެ ބަޑީކެޔޮޅުން ޖަނީނުގެ ޢިމާރާތްތައް މައްޗަށް އަރައި ފޯރިމަރަމުންދެއެވެ. ޤުދުސް ނޫސް އޭޖެންސީ ބުނާގޮތުގައި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޖަނީން ފޭލިގެއަވަށުގެ ބޮޑު ޢިމާރާތެއްގައި ވަނީ ރޯވެފައެވެ.

އަޤްޞާ ޠޫފާނަށްފަހުން ހުޅަނގު އައްސޭރިއަށް ދޭން ފެށި ޙަމަލާތަކުގެ ސަބަބުން ހުޅަނގު އައްސޭރީގައި 238 މީހުން ވަނީ ޝަހީދުވެފައެވެ. އަދި ތިން ހާސް މީހުން ވަނީ ޒަޚަމުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *