Support Us

ޣައްޒާ ބިނާކުރުމުގެ މަސައްކަތް ކުރާ ޤަޠަރު އޮފީހަށް އިސްރާއީލުން ބޮންއަޅައިފި

ޣައްޒާ ބިނާކުރުމުގެ މަސައްކަތް ކުރުމަށް ޤަޠަރުން ޣައްޒާގައި ޤާއިމުކޮށްފައިވާ އޮފީހުގެ މައިމަރްކަޒަށް އިސްރާއީލުން ރޭ ބޮންއަޅައި އެ ޢިމާރާތަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

ދައުޙާއިން ރޭ މި ކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރިއެވެ. ޤަޠަރުގެ ޚާރިޖިއްޔާގެ ބަޔާން ބުނާގޮތުގައި މިއީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލެކެވެ. އިސްރާއީލުގެ މި ޢަމަލަކީ އިސްރާއީލުން މިހާރު ޣައްޒާގެ ހަސްފަތާލުތަކަށާއި މަދުރަސާތަކަށާއި މިސްކިތްތަކަށާއި ބޯހިޔާވަހިތަކަށް ދެމުންގެންދާ ޢުދްވާނުގެ ތެރޭގައި ހިމެނޭކަމެކެވެ. 

ޤަޠަރުގެ ޚާރިޖިއްޔާގެ ބަޔާނުގައި ޢާންމުންނަށާއި ޢާންމު ތަންތަނަށް އިސްރާއީލުން ދެމުންދާ ޢުދްވާން ހުއްޓުވުމަށާއި އިސްރާއީލުގެ މިޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ޤަޠަރުން ދުނިޔެއަށް ގޮވައިލިއެވެ. 

އިސްރާއީލުން ޣައްޒާގެ ހަސްފަތާލުތަކަށާއި ބޯހިޔާވަހިތަކަށާއި މިސްކިތްޔަކަށާއި މަދަރުސާތަކަށް ދެމުންދާ ޙަމަލާތައް ދިނުމަށް  ޓަކައި ދައްކަމުންދާ ބަހަނާތަކަކީ އެއްވެސް ޙަޤީޤަތެއްނެތް ޚިޔާލީ ވަހްމީ ބަހަނާތަކެއް ކަމަށް ޤަޠަރުގެ  ޚާރިޖިއްޔާއިން ބުންޏެވެ. ޤަޠަރުން ބުނިގޮތުގައި ޤަޠަރުގެ މި އިދާރާއަކީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ތަފާތު ހަނގުރާމަތަކުގައި އެ ސަރަޙައްދުން ޚަރާބުކޮށްފައިވާ ތަންތަން އަލުން އާރާސްތުކުރުމަށް ޓަކައި މަސައްކަތް ކުރާ އިދާރާއެކެވެ. އެ ކަން އިސްރާއީލަށް ރަނގަޅަށް އެނގޭނެކަމަށް ޤަޠަރުން ބުންޏެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *