Support Us

ޙަމާސް ކުށްވެރިކުރުމާ މެލޭޝިޔާ ދެކޮޅުހަދައިފި

ޙަމާސް ކުށްވެރިކުރުމަށް ޓަކައި ހުޅަނގުގެ ފިއްތުންތަކަށް މެލޭޝިޔާއިން އިޖާބަ ނުދޭނެ ކަމަށް ބޮޑުވަޒީރު އަންވަރު އިބްރާހީމު ވިދާޅުވެއްޖެއެވެ.

މެލޭޝިޔާގެ ބަރްލަމާނުގައި ވާހަކަފުޅު ދައްކަވަމުން އަންވަރު ހާމަކުރެއްވި ގޮތުގައި "މެލޭޝިޔާއަކީ ޙަމާސާއެކު ގުޅުން އޮތް ޤައުމެކެވެ. މި ސިޔާސަތު ކުރިއަށް ދާނެއެވެ." 

ރޮއެޓަރޒް ބުނިގޮތުގައި މިކަން އަންވަރު އިބްރާހީމު އިޢުލާން ކުރެއްވީ ޙަމާސް ކުށްވެރިކުރަން ހުޅަނގުން މެލޭޝިޔާއަށް ފިއްތުންތައް ފިއްތަމުންދާތީއެވެ. 

އިސްރާއީލުން ޣައްޒާ ޙިޞާރުކޮށް އެ ބިމަށް ބޮންއަޅަމުންދާތާ 10 ދުވަސްވެއްޖެއެވެ. މި އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން ޣައްޒާއިން ވަނީ 2,670 މީހުން ޝަހީދުވެފައެވެ. އަދި 9,600 މީހުން ވަނީ ޒަޚަވެފައެވެ. 

ޙަމާސް ކުށްވެރިކުރުމާ ދެކޮޅު ހަދާ ޤައުމުތަކުގެ ތެރޭގައި ޗައިނާ ފާހަގަ ކުރެވެއެވެ. ޗައިނާގެ ޚާރިޖީވަޒީރު ވަންގް ޔީ އިއްޔެ ވިދާޅުވެފައިވާ ގޮތުގައި "އިސްރާއީލުން މިހާރު އެ ވަނީ އަމިއްލަ ނަފްސު ދިފާޢު ކުރުމުގެ އިމުން ބޭރުވެފައެވެ." އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓައިލައިގެން މެނުވީ ދެ ދައުލަތުގެ ޙައްލެއް ނުގެނެވޭނެއެވެ.  "ކުށެއްނެތް ބަޔަކަށް ޖަމާޢީ ސިފައެއްގައި ދެމުންގެންދާ އަދަބު ދިނުން ހުއްޓައިލުމަށް" ޗައިނާއިން އިސްރާއީލަށް ގޮވައިލިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް