Support Us

އެމެރިކާގެ ޚާރިޖީ ވަޒީރު: އިސްރާއީލަށް މި އައީ ޔަހޫދީއަކަށް ވާތީ އެހީވާން

އިސްރާއީލަށް މި އައީ ޔަހޫދީއަކަށް ވާތީ އެހީވާން ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

"އަހުރެން އިސްރާއީލަށް މި އައީ ޔަހޫދީއަކަށް ވާތީއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރަށް ވާތީއެއް ނޫނެވެ. އަހުރެންގެ ކާފަ މަރުން ސަލާމަތްވުމަށް ފިލައިގެން ދިޔަ ޔަހޫދީއަކަށް ވާތީއެވެ." ބްލިންކެން ވިދާޅުވިއެވެ.

އޭނަގެ ޒިޔާރަތުގެ މެސެޖަކީ އެމީހުން އަބަދުވެސް ތިބޭނީ އިސްރާއީލީންނާއެކުގައެވެ. "އިސްރާއީލީންނަށް އެކަނިމާއެކަނި ތިބެ އަމިއްލަ ނަފްސު ދިފާޢު ކުރާކަށް ނުޖެހޭނެއެވެ."

ބްލިންކެން ވިދާޅުވި ގޮތުގައި އިސްރާއީލާއެކު ވޮޝިންގްޓަނުން މަސައްކަތް ކުރަމުން މި އަންނަނީ ޙަމާސުން އަސީރުކޮށްފައިވާ  މީހުން މިނިވަންކުރުމަށެވެ.

އޭނާ ވިދާޅުވިއެވެ. "ޙަމާސަކީ ފަލަސްޠީނުގެ ރައްޔިތުން ތަމްސީލުކުރާ ބައެއް ނޫނެވެ. މިނިވަންކަމާ އަމާންކަމާއެކު ދިރިއުޅުމަށް އެމީހުން އެދޭއެދުމަކީ ޤާނޫނީ ހައިސިއްޔަތެއް އޮތް  ކަމެއް ނޫނެވެ." 

އެމެރިކާގެ ރައީސް ޖޯ ބައިޑްން ކަށަވެތިވެވަޑައިގެންފައިވާ ގޮތުގައި އެމެރިކާގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާއި މަދަދު އިސްރާއީލަށް އޮންނާނެއެވެ. މި ކަމުގައި ނަފްސު ކޮންޓްރޯލް ކުރާކަށް އިސްރާއީލަކަށް ނުޖެހޭނެއެވެ. 

ބްލިންކެން ވިދާޅުވިގޮތުގައި ހޮނިހިރު ދުވަހުގެ ޙަމަލާގައި އެމެރިކާގެ 25 މީހަކު މަރުވެފައިވާކަން ކަށަވަރެވެ. 

އެމެރިކާގެ ޚާރިޖީ ވަޒީރު ތައްލު އަބީބަށް ވަޑައިގަތީ މިއަދުއެވެ. އޭނާއަށް މަރްޙަބާ ދެންނެވީ އިސްރާއީލުގެ ޚާރިޖީ ވަޒީރު އިލީ ކޯހޭނެވެ. ބްލިންކެން މި ޚިޠާބު ދެއްވިއިރު އެތާނގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔހޫ ވެސް ހުންނެވިއެވެ. 

އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުގައި އެއަށްފަހު ބްލިންކެން އިސްރާއީލުގައި އަލަށް އެކުލަވައިލި "ހަނގުރާމައިގެ މަޖިލިހާ"  ބައްދަލު ކުރެއްވިއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް