ޙަމާސުން މި ދިޔަ ހޮނިހިރު ދުވަހު އިސްރާއީލަށް ދިން އަޤްޞާ ޠޫފާނުގައި އީރާނުގެ ބައިވެރިވުމެއް އަދި އަތެއް ވާ ކަމުގެ އެއްވެސް ދަލީލެއް, ހެތްކެއް އެމެރިކާއަށް ލިބިފައިނުވާ ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ލުވިޑް އޮސްޓަން ވިދާޅުވެއްޖެއެވެ.
އެހެނަސް އެމެރިކާގެ ދިފާޢީ ވަޒީރު އިޝާރާތް ކުރެއްވި ގޮތުގައި އީރާނަކީ މީގެ އެތައް އަހަރެއް ކުރިއްސުރެ ޙަމާސަށް ވާގިވެރިވަމުންދާ ޤައުމެކެވެ.
އޭނާ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވިއެވެ. "އީރާން މި ޙަމަލާގައި ބައިވެރިވާކަމުގެ އެއްވެސް ހެތްކެއް އަދި ފެނިފައެއް ނުވެއެވެ. އެހެނަސް މި ޑޭޓާ އަށް ބަދަލު އަތުވެދާނެއެވެ."
އޮސްޓަން ހާމަކުރެއްވި ގޮތުގައި އެމެރިކާއިން މި ވަގުތު އެންމެ އިސްކަމެއް މި ދެނީ އިސްރާއީލަށް ބޭނުންވާ ހުރިހާ އެހީއެއް ދިނުމަށެވެ."
އީރާނުގެ ދީނީ ޒަޢީމު ޢަލީ ޚާމަނައީ ވަނީ މި ކަމުގައި އީރާނުގެ ދައުރެއް ނެތް ކަމަށް ވިދާޅުވެފައެވެ. އޭނާ އިސްރާއީލަށް އިންޒާރުދެއްވަމުން ވިދާޅުވިއެވެ. "އީރާނަށް ޙަމަލާއެއް ދީފިނަމަ އީރާނުން ވަރުގަދައަށް ރައްދު ދޭނެއެވެ."
އޭނާ ވިދާޅުވިއެވެ. "އަހުރެމެން މިތާނގައި ތިބެގެން ތައްލު އަބީބަށް ޙަމަލާ ދެވޭވަރުގެ ދުރު ރާސްތާ މިސައިލް އެބަ ހުށްޓެވެ. މި ކަން ހަނދާން ނައްތައި ނުކާނެކަމަށް ހީކުރަމެވެ."



advertisment